March 18, 2026
Advertisement
އެކަތި ބޮޑު ބެރު ގުރޫޕުގެ ޢީދު ލަވަ ނެރުން
އެކަތި ބޮޑު ބެރު ގުރޫޕުގެ ޢީދު ލަވަ ނެރުން / ސޯޝަލް މީޑިއާ

އެކަތި ބޮޑުބެރުގެ ފޯރިގަދަ "އީދު ގޮމާ" ލަވަ ނެރެފި  

Ali Haaji
އަލީ ހާޖީ
Jun 5, 2025, 01:10 AM
މާލެ ސިޓީ

އެކަތި ބޮޑުބެރު ގުރޫޕުން ކުރިއަށް އޮތް ބޮޑު އީދާ ދިމާކޮށް "އީދު ގޮމާ"ގެ ނަމުގައި އަމިއްލަ ވީޑިއޯ ލަވައެއް މިއަދު ނެރެފިއެވެ.

Advertisement

މި ލަވައަކީ އެ ގުރޫޕުން ނެރުމަށް ރާވާފައިވާ 231 އަލްބަމްގެ ލަވައެކެވެ.


މި ލަވައިގެ ލީޑް ރޯލުގައި ފެނިގެންދަނީ ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ތަރި މަރިޔަމް އައްޒައާއި އެކަތި ބޮޑުބެރު ގުރޫޕުގެ ލީޑް ވޯކަލިސްޓް އަދި މެނޭޖަރު ހަމްދާން ސަލީމެވެ.

މި ލަވައިގައި ދިވެހި ސަގާފީ ހަރަކާތްތަކާއި ޒަމާނީ ކުލަތައް އެއްކޮށްލައިގެން ރާއްޖޭގެ އުތުރުގެ ބައެއް ރަށްރަށުގައި ދަފި ނެގުމުގެ ސަގާފަތް އޮންނަ ގޮތް ދައްކުވައިދީފައިވެއެވެ.


ބ. ކިހާދޫގައި ޝޫޓުކޮށްފައިވާ މި ލަވައިގެ ނެށުމުގެ ބައިތަކުގައި އެކްސްޓްރީމް ލެވެލް އާއި އޮނަހިރި ބޮޑުބެރު ގުރޫޕުން ބައިވެރިވެފައިވެއެވެ.

މި ލަވައިގެ ޓްރެއިލާއަށް ލިބުނު ތަރުހީބުފާހަގަކޮށްލެވެއެވެ. އެގޮތުން މީގެ ތިން ދުވަސް ކުރިން ނެރުނު މި ލަވަައިގެ ޓްރެއިލާއަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. އެގޮތުން 250,000 އަށް ވުރެ ގިނަ މީހުން ޓްރެއިލަރ ބަލާފައިވާކަން ފާހަގަކުރެވެއެވެ.

"އެކަތި" ބޮޑުބެރު ގުރޫޕުން ބުނެފައިވާ ގޮތުގައި، ޢީދާ ގުޅުވައިގެން މި ފަހަރު ނެރޭ ލަވައަކީ ވެސް ގިނަ ބަޔަކަށް ކަމުދާނެ، ކާމިޔާބުލަވައަކަށް ވާނެ ކަމަށް އުއްމީދުކުރާާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved