މާފުށި ޖަލު / ފޭސްބުކް
ހަބަރު
ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު މަރުވެއްޖެ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
05 ޖޫން 2025
މާލެ ސިޓީ

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމް ތަންފީޒުކުރަމުންދިޔަ މީހަކު މަރުވެއްޖެ އެވެ.

ކަރެކްޝަންސް އިން ބުނިގޮތުގައި މަރުވެފައިވަނީ ނ. މާފަރު / ހިތްފަސޭހަގެ، މޫސާ ހަސަން (45އ) އެވެ.

މަސްތުވާތަކެތީ މައްސަލައެއްގައި 25 އަހަރު ދުވަހުގެ ޖަލު ހުކުމް ތަންފީޒުކުރަމުން ދިޔަ މޫސަ ހަސަންއަކީ މިދިޔަ އޭޕްރިލް މަހު އެމަޖަންސީ ހާލަތުގައި މާލޭ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް، ފަރުވާ ދޭން ފެށި މީހެއް ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.

ހަސަން މަރުވެފައިވަނީ ރޭ މެންދަމު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ހިތް ހުއްޓިގެން ކަމަށް ކަރެކްޝަންސް އިން މައުލޫމާތުދެ އެވެ.

ކަރެކްޝަންސް އިން ބުނީ އޭނާ މަރުވި މައްސަލަ ފުލުހުންނާއި އާއިލާ އާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވެސް އަންގާފައިވާނެ ކަމަށެވެ.


ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved