April 26, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ފަރުވާ ނުކުރެވި މާފުށި ޖަލުގައި "ޓީބީ" ބަލި ފެތުރެނީ!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 25, 2025, 03:49 AM
މާލެ ސިޓީ

ފަރުވާ ނުކުރެވި މާފުށި ޖަލުގައި "ޓީބީ" ބަލި ފެތުރެމުންދާ ކަމުގެ ރިޕޯޓްތައް ފެތުރެން ފަށައިފިއެވެ.

Advertisement

ބޭސްފަރުވާގެ އުސޫލު ނެތިގެން ކަމަށް ބުނެ ފަރުވާ ހުއްޓާލާފައިވާތާ އަހަރެއް ވެފައިވާއިރު، ޓީބީ ބަލި ފެތުރެރިފައިވާ ޔުނިޓް 05 ވަނީ ކަރަންޓީނުކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ.

ޖަލު ތެރޭގައި މި ބަލި ފެތުރެމުންދާ ކަމުގެ މައުލޫމާތު ސިއްރުކުރުމުގެ ބޭނުމުގައި ވާނުވާ ބަންދުން ދޫކޮށްލުމަށް ނިންމާފައިވާ މީހުންވެސް ދޫކޮށް ސަރުކާރުން ވަނީ ހިފަހައްޓާފައިވާ ކަމުގެ ވާހަކަތައްވެސް ފެތުރިފައިވެއެވެ.

މާފުށި ޖަލުގައި ގައިދީންނަށް އަނިޔާ ކުރުމާއި، ގައިދީން ބަލިވިޔަސް އެކަށީގެންވާ ފަރުވާ ފޯރު ނުކޮށްދޭ މައްސަލަތައް ދޭތެރެއިން ފެންމަތިވެއެވެ. އަދި ރަނގަޅު ފަރުވާ ނުދެވި ގައިދީން މަރުވެފައިވާ ހާދިސާތައްވެސް ކުރިމަތިވެފައިވެއެވެ.

މާފުށީ ޖަލުގެ ހާލަތު ވަރަށް ބޮޑަށް ދަށް ވެފައިވާއިރު، މިފަދަ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އެއްވެސް އަހައްމިއްޔަތުކަމެއް ނުދޭކަން ވަނީ ފާހަގަކުރެވިފައެވެ.

ޖަލުގައި މިފަދަ ކަމެއް ހިނގާތޯ ސުވާލުކުރުމުން ކަރެކްޝަނަލް ސާވިސް އިން ވަނީ އެކަން ދޮގުކޮށްފައެވެ. ނަމަވެސް މުއުތަބަރުކޮށް މައުލުމާތު ލިބިފައިވަނީ މިއީ ހިނގާކަމެއްގެ ގޮތުގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved