April 17, 2026
Advertisement
ޣައްޒާ
ޣައްޒާ / އޭއެފްޕީ

ހަނގުރާމަ ފެށިފަހުން ޣައްޒާ ރައްޔިތުންނާއި ބައްދަލުކުރި ދެވަނަ އަޟްހާ ޢީދު

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 7, 2025, 07:59 PM
މާލެ ސިޓީ

މިއީ 7 އޮކްޓޯބަރު 2023 ގައި، ފަލަސްތީނާ ދެކޮޅަށް ސަހްޔޫނީންގެ އަނިޔާވެރި ހަނގުރާމަ ފެށިފަހުން ޣައްޒާ އާއި ފަލަސްތީނު ރައްޔިތުންނާ ބައްދަލުކުރާ ދެވަނަ އަޟްހާ ޢީދެވެ.

Advertisement

މުސްލިމުންގެ މި ޢީދުގެ ފުރަތަމަ ދުވަހު ވެސް ފެށިގެން އައީ ސަހްޔޫނީގެ ހަމަލާތަކުގައި ފަލަސްތީނުގެ މީހުންތަކެއް ޝަހީދުކޮށްލި ހިތާމަވެރި ޚަބަރެވެ. މިއީ އެ މުލްލިމުންނަށް އާ ކަމަކަށް ނުވިޔަސް މުސްލިމުންގެ ޢީދު އުފަލުން ކުޑަ މިންވަރެއް ވެސް ލިބޭތޯ އެ ރައްޔިތުން ވެސް އުންމީދު ކުރެއެވެ.

އެންމެ ހިތާމަވެރި މަންޒަރަކަށް ވަނީ، ދެލޮލުގެ ނޫރު ކަމުގައިވާ ދަރީން ޝަހީދުކޮށްލުމުން އެ ހިތާމާގައި ތިބި ޣައްޒާގެ މައިންނެވެ. ހިތާމައިން މޮޅިވެ މާޔޫސީ ހާލުގައިވާ ފަލަސްތީނު މައިން ބުނެފައި ވަނީ، މިއީ އެމީހުން ހަނގުރާމައިގެ ތެރޭގައި ޖެހިޖެހިގެން ދެވަނަ ފަހަރަށް ފާހަގަކުރަން ޖެހުނު އަޟްހާ ޢީދު ކަމަށެވެ. އަދި މިއީ މިހާތަނަށް ދުއް އެންމެ ހިތްދަތި ޢީދުކަމަށް އެ މައިން ބުނެފަވެއެވެ.

އެމައިން ވަނީ ހަނގުރާމާގައި ޝަހީދުކޮށްލެވިފައިވާ ދަރީންގެ ގަބުރުތައް ވަޅުލާފާފައިވާ ގަބުރަސްތާނަށް ޒިޔާރަތްކޮށްފައެވެ. އެ މަންމައިން ބުނަމުން ދިޔައީ އެއީ އަނިޔާގެ އިންތިހާއެވެ.

ޣައްޒާގައި ދެވަނަ އަޟްޙާއީދު ފާހަގަކުރަމުންދަނީ ހަނގުރާމައިގެ ވޭނުގައެވެ. އާންމުކޮށް އުފާވެރި ދުވަހެއްގެ ގޮތުގައި ފާހަގަކުރާ އީދު މިއަހަރު ވެސް އެމުސްލިމުންނަށް ދިމާވީ ހިތާމައާ އެވެ.

އިޤްތިޞާދީ އަދި އިންސާނީ ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ޣައްޒާގެ ރައްޔިތުން ވަނީ މިސްކިތްތައް ވީރާނާވެ، ބަޔާން ނުކުރެވޭ ފަދަ ހާލަތެއްގަ އެވެ. ކުޑަކުދިންނަށް އައު ހެދުމާއި ހަދިޔާ އަދި ޤުރުބާނީ ކުރާނެ ޖަނަވާރު ގަތުމުގެ ފުރުޞަތު ވަނީ ގެއްލިފައެވެ. މުޅި މާހައުލު ވަނީ ހަލާކުވެ ވީރާނާވެފަ އެވެ. މިއީ އެންމެ ހިއްދަތި އީދު ކަމަށް ޣައްޒާގެ ރައްޔިތުން ސިފަކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved