March 19, 2026
Advertisement
ކަނޑުގަދަ ވެފައި ވަނިކޮށް ކަނޑުދަތުރަށް ނިކުމެ އުޅުނު އުޅަދެއް
ކަނޑުގަދަ ވެފައި ވަނިކޮށް ކަނޑުދަތުރަށް ނިކުމެ އުޅުނު އުޅަދެއް / ސޯޝަލް މީޑިއާ

ހޯމަ ދުވަހުން ފެށިގެން މޫސުން ގޯސްވާނެ

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 7, 2025, 07:26 PM
މާލެ ސިޓީ

ހޯމަ ދުވަހުން ފެށިގެން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މެޓު އޮފީހުން އިލްތިމާސްކޮށްފި އެވެ.

Advertisement

މެޓު އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހޯމަ ދުވަހުން ފެށިގެން ކުރިއަށް އޮންނަ ފަސް ދުވަހު ވެސް ރާއްްޖޭގެ ސަރަހައްދުގައި ކަނޑުތައް ގަދަވެ، ވައި ބާރުވެ ވިއްސާރަ ކުރާނެ ކަމަށެވެ.

އެގޮތުން، އާންމު ގޮތެއްގައި 13 މޭލާއި 23 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި 40 މޭލާއި 45 މޭލާ ދެމެދު ވައި ޖެހޭނެ ކަމަށް މެޓުން ބުނެ އެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރާނެ ކަމަށް ވެސް މެޓުން ލަފާކޮށްފައި ވެ އެވެ.

އީދު ބަންދަށް ގިނަ ބަޔަކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރުކޮށްފައި ވާއިރު އީދު ޗުއްޓީ ނިމޭދު ވަހަކީ ހޯމަ ދުވަސް ކަމުން، ކަނޑުދަތުރުކުރާ މީހުން ވެސް ސަމާލުވުމަށް މެޓު އޮފީހުން އިލްތިމާސްކޮށްފިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved