theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ދާންދޫ ދާއިރާގެ މެންބަރު ފަޒީލް / ސޯޝަލް މީޑިއާ
ހަބަރު
ވަގަށް ސިގިރެޓް އެތެރެ ކޮށްގެން ޕީއެންސީ ގެ މެމްބަރަކު ޖޫރިމަނާ ކޮށްފި
Mariyam Ibrahim
މަރިޔަމް އިބްރާހިމް
08 ޖޫން 2025
މާލެ ސިޓީ

ރާއްޖެއަށް ވަގަށް ސިނގިރޭޓް އެތެރެކުރުމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒީލް ޖޫރިމަނާކޮށްފި އެވެ.

މެންބަރު ފަޒީލް ޖޫރިމަނާކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭ ރާއްޖެއަށް ވަގަށް ސިނގިރޭޓް އެތެރެކުރިކަން ފަޅާއެރުމުންނެވެ. އޭނާ އެތެރެކުރީ ފަސް ކާޓޫނު ސިނގިރެޓް ކަމުގައި މައުލޫމާތު ލިބިފައި ވެއެވެ. ފަޒީލް ޖޫރިމަނާކުރީ ކިހާ އަދަދެއްގެ ފައިސާއަކުން ކަމެއް ކަށަވަރު ވެފައި ނުވެ އެވެ

މައުލޫމާތު ލިބިފައި ވާ ގޮތުގައި މުއިއްޒުގެ އެންގުމަށް މި މައްސަލަ އޮތީ ސިއްރު ކޮށްފަ އެވެ.

ޕީއެންސީއަށް ނިސްބަތްވާ މާލޭ ސިޓީ ކައުންސިލްގެ ދެ ކައުންސިލަރަކު ވެސް ދާދިފަހުން ވަނީ ވަގަށް ސިނގިރޭޓް އެތެރެކުރިކަން ފަޅާއަރައިފަ އެވެ. އެއީ މައްޗަންގޮޅީ މެދު ދާއިރާގެ ކައުންސިލަރު ފާތިމަތު އިޝާން އަލީ އާއި ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު ފާތިމަތު ޝައުފާ ސަލީމު އެވެ. މިމައްސަލަ ވެސް ކަމާއި ބެހޭ ފަރާތުން އޮތީ ސިއްރު ކޮށްފަ އެވެ.

ދައުލަތުގެ ކުންފުނިތަކާއި އަދި އެނޫން ވަސީލަތްތައް ބޭނުން ކޮށްގެން, ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ ގެ މެމްބަރުން ދަނީ ބޮޑެތި ވައްކަންތައް ކުރަމުންނެވެ. މީގެ ތެރެއިން ބައެއް މެމްބަރުންނަކީ މުއިއްޒުއާއި ގުޅިގެން ވައްކަން ކުރަމުދާ ފަރާތްތަކެވެ. ސިޔާސީ ބާރުވެރިކަމުގެ ދަހިވެތި ކަމުގައި މުއިއްޒު ދަނީ އެ ހުރިހާ ފަރާތްތަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށް ދެމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved