April 3, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މުއިއްޒު ރައީސް ޔާމީނާ ގުޅުވާ ވީ އަހުދު ނުފުއްދާ، އެކަމަށް އެކަނި ބެލިޔަސް ކައުންސިލް އިންތިހާބުގައި މުއިއްޒުއާ ޕިއެންސީއަށް ނޫނެކޭ ބުނަން ޖެހޭ: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Feb 15, 2026, 08:36 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅުގެ ބޭނުންކޮށް ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދަވާ އަހުދަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ރާއްޖޭގެ ކުރިގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އަލް މާއިދާ ސޫރަތުގެ އެއް ވަނަ އާޔަތް ހަނދާނަށް ގެންނަވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ ޖަމީލު ވިދާޅުވީ، އަދިވެސް އެމަނިކުފާނަށް ވިސްނެނީ ރައީސް އަބްދުﷲ ޔާމީނުގެ ނަމުގައި ވަޢުދުވެ ރައީސް ޑރ މުހައްމަދު މުއިއްޒު ކަންތައް ކުރި ހީލަތްތެރި ގޮތުގެ މައްޗަށް ކަމަށެވެ.

އެއީ ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުންނާއެކު ވި އެތަކެއް އަހުދެއްކަން ހަނދުމަކޮށް ޑރ ޖަމީލު ވިދާޅުވެފައިވަނީ ނަމަވެސް ހަމަ ބާރު ލިބުމާއެކު ރައީސް މުއިއްޒު އެ އަހުދުތައް ނަގާލި ގޮތުގެ މައްޗަށް އަދިވެސް އެމަނިކުފާނަށް ފިކުރު ހިންގެވޭ ކަމަށެވެ. ނަމަވެސް އެކަންކަމަކީ ޔަގީނުންވެސް الله އަށް ޖަވާބުދާރީވާންޖެހޭ ވަގުތު އަންނާނެ ކަންކަން ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވެފައިވަނީ، ކިތަންމެ ބަޔަކު މިވާހަކަ އަޑު ނުއިވޭކަމަށް ހެދިޔަސް އެއީ ޙަގީގަތް ކަމަށެވެ.

ވަޒީފާގެ ބިރާ އެކިއެކި މަންފާ ލިބޭ ކޮންމެ މީހަކުވެސް މިއަދު ހިމޭނުން ތިބެދާނެ ކަމަށާ ނަމަވެސް ޙައްގާ ބާޠިލް އޮޅުވާ ނުލެވޭނެ ކަލާނގެ ވާކަން ހަނދާނަށް ގެނެސްދެއްވަމުން ޑރ ޖަމީލުގެ މާނަފުން ޕޯސްޓު ނިންމަވާލެއްވީ، ލޯކަލް ކައުންސިލް އިންތިޚާބުގައި ރައީސް މުއިއްޒާ ޕީއެންސީއަށް، ހަމައެކަނި އެ ސަބަބަށްޓަކައިވެސް ނޫނެކޭ ބުނަންޖެހޭ ކަމަށް ވިދާޅުވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved