February 28, 2026
Advertisement
ޕީއެންސީން ނެގި ފޭކް ފޮޓޯ
ޕީއެންސީން ނެގި ފޭކް ފޮޓޯ / ސޯޝަލް މީޑިއާ

ގޭންގަކަށް ފައިސާ ދީގެން ރައީސް ޔާމީންގެ ޖަލްސާއަށް ހުރަސް އަޅަން މަސައްކަތް ކޮށްފި

Yana Shareef
ޔާނާ ޝަރީފް
Feb 28, 2026, 05:16 AM

 ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގެންނެވި ކެމްޕެއިން ޙަރަކާތަކަށް ހުރަސްއަޅައި، އެ ސަރަހައްދުގައި ހަމަނުޖެހުން ހިންގުމަށް ސަރުކާރު ހިންގާ ޕީއެންސީން ގޭންގަކަށް ފައިސާދީގެން ފޮނުވައިފިއެވެ.

Advertisement

މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭގައި ރައީސް ޔާމީންގެ ދެމަފިރިކަނބަލުން ބައިވެރިވެވަޑައިގެންނެވި ޚާއްޞަ ރަސްމިއްޔާތުތަކެއްގެ ތެރެއިންނެވެ.

ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އެންމެ ފުރަތަމަ ބައިވެރިވެވަޑައިގަތީ ހުޅުމާލޭގައި ހުންނަ "އެސެންޒާ ބައި ކައިލާން" ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައެވެ. އެއަށްފަހު، މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ "ޤައުމީ ކެންޑިޑޭޓް" އިސްމާއިލް ޒަރިޔަންދުގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އެ ސަރަހައްދަށް ވަޑައިގަތުމުން، ބަޔަކު ވަނީ އެއްވެފައި ތިބި ސަޕޯޓަރުންގެ މެދުގައި ނުތަނަވަސްކަން އުފައްދަން މަސައްކަތް ކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި ހަމަނުޖެހުން ހިންގަން އުޅުނީ ސީދާ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމުގެ މަތިން، ޕީއެންސީން ގޭންގަކަށް ފައިސާ ދީގެން ކަމަށް ތުހުމަތު ކުރެވެއެވެ. ރައީސް ޔާމީންގެ ސަޕޯޓަރުން ގިނަ އަދަދަކަށް އެއްވެފައި އޮއްވާ، އެ ސަރަހައްދުގެ މަސްލަހަތު ނަގާލުމަށް ބަޔަކު ފޮނުވުމަކީ ސިޔާސީ ގޮތުން ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ބޮޑުކަން ހާމަކޮށްދޭ ކަމެކެވެ. މި ހާދިސާއާ ގުޅިގެން ރައީސް ޔާމީންގެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް، ސިޔާސީ ޙަރަކާތްތަކަށް ހުރަސްއެޅުމަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އަޑުއުފުލާފައެވެ.

މިކަން ކުރަން އުޅުމުން ފެއިލްވުމުން ޕީއެންސީން ވަނީ ތިން ވަރަކަށް ކުދިން އަތަށް ޕޯސްޓަރުތަކެއް ދީފައި ފޮޓޯ ނަގާފަ އެ ކުދިންނަށް ރައީސް ޔާމީންގެ ސަޕޯޓަރުން އަނިޔާ ކުރިކަމަށް ބުނެ ފޮޓޯތަކެއް ދައުރުކޮށްފައެވެ. އެ ފޯޓޯތައް ނަގާފައި ވެސް ވަނީ ޖަލްސާ ބޭއްވި ސަރަހައްދުގައި ނޫންކަން ހާމަވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved