May 5, 2026
Advertisement
މޫސުން ގޯސް
މޫސުން ގޯސް / ޕޮލިސް

ގއ. އަތޮޅުން ފެށިގެން އައްޑުއަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފި

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 10, 2025, 08:41 PM
މާލެ ސިޓީ

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ގއ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފި އެވެ.

Advertisement

މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނެފައިވާ ގޮތުގައި މިއަދު ހެނދުނު 6:30 އިން ފެށިގެން މެންދުރު 12:30 އާއި ހަމައަށް އެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެއެވެ. އެގޮތުން ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާ އިން ލަފާކޮށްފައިވެ އެވެ.

މެޓު އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް އާންމުކޮށް ވައިބާރުވެ، ކަނޑުތައް ގަދަވުމުގެ އިތުރުން ވިއްސާރަކުރާނެކަމަށް ލަފާކޮށްފައި ވެއެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި ޢާންމުކޮށް ހުރިހާ އެންމެން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved