ޝެއިޚް ފަރީދް / ސޯޝަލް މީޑިއާ
ހަބަރު
ޝައިޚް ފަރީދުގެ ޢާއިލާއަށް ރައީސް ޔާމީން ތަޢުޒިޔާ ފޮނުއްވައިފި
Mariyam Ibrahim
މަރިޔަމް އިބްރާހިމް
10 ޖޫން 2025
މާލެ ސިޓީ

ދީނީ ޢަލްމުވެރިޔާ އައްޝައިޚު އިބްރާހިމް ފަރީދު ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން އެ އާއިލާއަށް ތަޢުޒިޔާާ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ތައުޒިޔާގެ މެސެޖުގައި ކަންކަން ވިދާާޅުވީ ދީނީ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރެއްވި ޝެއިޚު ފަރީދު އަވަހާރަވި ޚަބަރު އެއްސެވީ ކުއްލި ސިހުމާ އެކު ކަމަށެވެ. އަދި މައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް މިންވަރު ކުރެއްވުން އެދި ދުއާ ދަންނަވާފައިވެ އެވެ.

ޝައިޚުގެ ދީނީ ޚިދުމަތްތަކާ އަދި އިސްލާހަށް ކުރެއްވި މަސައްކަތްވެސް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން މި ހިތާމަވެރި ވަގުތުގައި ޝައިޚުގެ ޢާއިލާއަށް އެމަނިކުފާނުގެ ހިތުގެ އެންމެ ފުންމިނުން ވަނީ ތައުޒިޔާ އަރިސްކުރައްވާފަ އެވެ.

ޝައިހު ފަރީދު އަވަހާރަވެފައިވަނީ ދީނީ ދަރުހެއް ދެއްވުމަށް މެލޭޝިއާއަށް އިއްޔެ ކުރެއްވި ދަތުރުގައި އެ ގައުމުގެ އެއާޕޯޓަށް ފޭބިތަނުން ކަމަށް ވެއެވެ.

ޝައިޚުގެ ކަށު ނަމާދު އޮންނާނީ މާދަމާގެ މެންދުރު ނަމާދަށް ފަހު މެލޭޝިއާގެ ރާޖާ ހާޖީ ފީސަބީﷲ މަސްޖިދުގަ އެވެ.

ހުކުރު ނަމާދަށް ފަހު ރާއްޖޭގެ ހުރިހާ ރަށެއްގައި ޝައިޚުގެ މައްޗަށް ކަށު ނަމާދު ކުރުމަށް ވަނީ ނިންމާފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved