theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޝައިހު ފަރީދުގެ ޖަނާޒާ މެލޭޝިއާގައި ބާއްވަނީ. / ފޭސްބުކް
ހަބަރު
ޝައިހު ފަރީދުގެ ޖަނާޒާ މެލޭޝިޔާގައި ބާއްވައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
11 ޖޫން 2025
މާލެ ސިޓީ

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހު އިބްރާހިމް ފަރީދު އަހްމަދުގެ ޖަނާޒާ މެލޭޝިއާގައި މިއަދު ބާއްވައިފި އެވެ.

ޝައިހު ފަރީދު އަވަހާރަވުމާއި ގުޅިގެން ހަށިގަނޑު ރާއްޖެ ގެނައުމަށް އާއިލާއިން މަސައްކަތް ކުރިނަމަވެސް މެލޭޝިޔާގެ އުޞޫލުތައް އޮންނަގޮތުން އެޤައުމުން ބޭރަށް ގެންދާނަމަ ޕޯސްޓްމޯޓަމް ހަދަން ޖެހެއެވެ. އެހެންކަމުން އާއިލާއިން ވަނީ ޖަނާޒާ މެލޭޝިޔާގައި ބޭއްވުމަށް ނިންމާފަ އެވެ.

މެލޭޝިޔާގައި ޝައިހު އިބްރާހީމް ފަރީދުގެ ޖަނާޒާ ބާއްވާފައިވަނީ މިއަދު މެންދުރު ނަމާދަށްފަހު މެލޭޝިޔާގެ ސެލަންގޯގެ ހާޖީ ފީސަބީލިﷲ މިސްކިތުގައެވެ. މޫނު ދެއްކުން ކުރިއަށްގެންގޮސްފައިވަނީ މެލޭޝިޔާ ގަޑިން ހެނދުނު 11:00 އިން 12:30އަށެވެ،

ޝައިހު ފަރީދު ފަސްދާނު ލާފައިވަނީ ތަނާޙް ޕަރްކުބްރަން އިސްލާމް ރައުދުލް ބަޤީ ގަބުރުސްތާނުގަ އެވެ.

އެ ޖަނާޒާގައި ފަރީދުގެ ބޭފުޅުންނާއި ރާއްޖޭގެ ބައެއް ޝައިހުންގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގަތެވެ.

ޝައިހު ފަރީދު އަވަހާރަވީ މެލޭޝިއާގައި އޮތް ބައްދަލުވުމަކަށް ވަޑައިގަތްތަނާ، އެއާޕޯޓް ތެރެއަށް ވެއްޓި، ހާލު ގޯސްވެގެން ފަރުވާ ދެނިކޮށެވެ.

ޝައިހު ފަރީދުގެ މައްޗަށް ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޣައިބަށް ކަށުނަމާދު ކުރުން އަންނަ ހުކުރު ދުވަހު، ހުކުރު ނަމާދަށް ފަހު އޮންނާނެ އެވެ.

ޝައިހު ފަރީދަކީ ރާއްޖޭގައި ދީނީ އިލްމު ފެތުރުމުގައި ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އޭގެއިތުރުން އޭނާއަކީ އިސްލާހީ ހަރަކާތުގައި ވެސް އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ. އޭރު ބޭއްވި އެއްވުންތަކުގައި ޝައިހު ފަރީދު ތަގުރީރު ވެސް ކުރެއްވި އެވެ.

އޭގެ ތެރެއިން ބައެއް އެއްވުންތަކުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އޭރުގެ ސަރުކާރުން ޝެއިހު ޖަލުގައި ވެސް ބަންދުކުރި އެވެ. އޮގަސްޓު 12-13 ގެ އެއްވުމުގެ ތެރެއިން ވެސް ޝައިހު ފަރީދު ހައްޔަރުކޮށް ޖަލުގައި ބަންދުކުރި އެވެ.

ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުންނާއި ޓެރަރިޒަމްގެ ކުށުގެ ދައުވާ ވެސް ފަރީދުގެ މައްޗަށް އުފުލި އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved