February 21, 2026
Advertisement
ޣައްޒާ
ޣައްޒާ / އޭޕީ

ޣައްޒާގައި އެހީގެ ނަމުގައި ޖަހާފައި ވަނީ މަރުގެ ދަންތުރަ

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 11, 2025, 10:04 PM
މާލެ ސިޓީ

ޣައްޒާގައި އެހީ ހޯދަން ގޮސް ތިބި ގިނަ ބަޔަކު ޝަހީދުކޮށްލައިފިއެވެ.

Advertisement


ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި ގިނައަދަދެއްގެ ބަޔަކު ޝަހީދުވެފައިވާއިރު، މީގެ ތެރެއިން ގިނަ ބަޔަކު ޝަހީދުވެފައިވަނީ އިންސާނީ އެހީ ހޯދުމަށް މަޑުކޮށްގެން ތިއްބައެވެ.

ޣައްޒާ ސިޓީގެ ދެކުނުގައި ހުންނަ ނަތްސަރިމް ސަރަހައްދުގައި އެހީ ހޯދަން މަޑުކޮށްގެން ތިބި ގިނަ ބަޔަކު ސަހްޔޫނީ ސިފައިންގެ ހަމަލާގައި ޝަހީދުވެފައިކަމުގައި ޣައްޒާގެ ހޮސްޕިޓަލްތަކުން ހާމަކުރެއެވެ.

ދެއިރުލް ބަލަހް ސަރަހައްދުގެ އެއް ގެއަކަށް އިޒްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ފަލަސްޠީނުގެ ބައެއް ޝަހީދުވެ، އިތުރު ބަޔަކު ޒަހަމްވެފައިވާ ކަމަށް އަލް-އަޤްސާ ޝުހަދާ ހޮސްޕިޓަލްގެ ޑިރެކްޓަރު ހާމަކޮށްފައި ވެއެވެ.

މީގެ އިތުރުން ސަލާހުއްދީން މަގުމަތީގައި އިންސާނީ އެހީ ހޯދަން އެއްވެ ތިބި ބަޔަކަށް އިޒްރާއީލް ސިފައިން ހަމަލާދީ އެތައްބަޔަކު ޝަހީދުކޮށް ޒަހަމް ތަކެއް ދީފައި ވާކަމަށް، އަލް-އައުދާ ހޮސްޕިޓަލުން ހާމަކޮށްފައި ވެއެވެ.

ޣައްޒާގެ ދެކުނުގައި، ޚާން ޔޫނިސްގެ އުތުރުގައި އޮންނަ އަލް-ޤަރާރާ ރަށުގެ މަވާސީ ސަރަހައްދުގައި ހުރި ހިޔާވަހިކަމުގެ ޓެންޓަކަށް ސަހްޔޫނީގެ ޑްރޯނަކުން ހަމަލާދީފައި ވެއެވެ. ހަމައެޔާއެކު މިއަދު ހެނދުނު ހާން ޔޫނިސްގައި ހުންނަ ނާސިރު މެޑިކަލް ކޮމްޕްލެކްސްގެ ވަށައިގެންވާ ސަރަހައްދުތަކަށް އިޒްރާއީލްގެ މަތިންދާބޯޓުތަކުން ގަދަފަދަ ހަމަލާތަކެއް ދީފައި ވެއެވެ.

ސަހްޔޫނީންގެ ހަމަލާތަކުގެ ސަބަބުން އެތަކެއް ހާސް ފަލަސްޠީނުގެ ރައްޔިތުން މިހާތަނަށް ޝަހީދުވެ ޒަޚަމްވެފައިވާއިރު އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި އެތައްބަޔަކު ގެއްލިފައިވާއިރު، މީގެ އިތުރުން އެތައް ހާސްބަޔަކު އަމިއްލަ ގެދޮރުދޫކޮށް އެހެން ތަންތަނަށް ބަދަލުވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved