theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ހޯރަފުށީ ގައި ތަރައްގީ ކުރި ބޮޓްލިންގ ޕްލާންޓް / ފޭސްބުކް
ހަބަރު
ރައީސް މުއިއްޒުއަށް ތާއީދުނުކުރާތީ ހޯރަފުށީ ބޮޓްލިންގް ޕްލާންޓްގައި ތިބި މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
11 ޖޫން 2025
މާލެ ސިޓީ

ހޯރަފުށީގައި ކުރިއަށް ދާ ބޮޓްލިންގ ޕްލާންޓްގެ މަސައްކަތް ހުއްޓާލުމަށް ނިންމައި، އެތަނުގައި ދާއިމީ ވަޒީފާ ތަކުގައި ތިބި މުވައްޒަފުންތައް ވަކިކުރަން ސަރުކާރުން ނިންމައިފި އެވެ.

މިކަމުގެ ކަންބޮޑުވުން ފާޅުކޮށް އެރަށު ކައުންސިލްގެ ނައިބު ވިދާޅުވީ ސިޔާސީ ބޭނުމުގައި ހޯރަފުށީ ބޮޑްލިންގް ޕްލާންޓްގައި ތިބި މުވައްޒަފުން ވަޒީފާއިން ވަކިކުރާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި މަކަރާތް ހީލަތުގެ ތެރެއިން ވެރިކަމަށް އައިސް ރައްޔިތުންނަށް އަނިޔާވެރިވުން ނޫން ކަމެއް މުއިއްޒު ސަރުކާރުން ނުކުރާ ކަމަށެވެ.

ރައްޔިތުންނަން މޮޅުގޮތް ހޯދަދޭން ދާއިރާގެ އެމްޕީ ކަމާ ހަވާލުވެ ހުރި ފަރާތް މިކަމުގަ ޒިންމާ ނަންގަވަންޖެހޭނެ! ރަށަށް ކަމެއް ނުކޮށްދެވޭތާ ވަޒީފާގަ ތިބި ނިކަމެތި ރައްޔިތުން ވަޒީފާއިން ކަނޑާފަ ގެއަށް ތި ފޮނުވާލީ! އެ އާއިލާތަކުގެ ޒިންމާ ނަންގަވަން ކެރޭނެތޯ!

- އިމްދާހު ވިދާޅުވި އެވެ.

ހޯރަފުށީ ހޯރަފުށީ ބޮޓްލިންގ ޕްލާންޓުގެ މަސައްކަތް ހުއްޓާލައި އެތަނުގައި ތިބި މުވައްޒަފުން ވަޒީފާއިން ވަކިކުރާތީވެ އެކަމުގެ ކަންބޮޑުވުން އެރަށު ކައުންސިލުން ވެސް ވަނީ ފާޅުކޮށްފަ އެވެ.

ހޯރަފުށީ ކައުންސިލުގެ 40 އިން ސައްތަ ހިއްސާ އޮންނަ ގޮތައް ފެށި ބޮޓްލިންގ ޕްލާންޓްގެ މަސައްކަތް ހުއްޓާލާ މުވައްޒަފުން ވަޒީފާއިން ވަކިކުރަން މުއިއްޒު ސަރުކާރުން ނިންމިއިރު އެ ރަށުގެ ކައުންސިލަށް ވެސް އެކަން އަންގާފައެއް ނުވެ އެވެ.

ހޯރަފުށީގެ ރައްޔިތުންގެ މެޗޯރިޓީން މުއިއްޒުއަށް މިހާރު ތާއީދު ނުކުރާތީ ސަރުކާރު މުވައްޒަފުންނަށް "ބިރުދެއްކުން" ވަނީ ވަރަށް ބޮޑަށް އިތުރު ވެފައި އެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?