theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ދީނީ އިލްމުވެރިޔާ އިބްރާހީމް ފަރީދު: އޭނާ މިއަދު މެލޭޝިއާގައި ވަނީ އަވަހާރަވެފައި / ފޭސްބުކް
ހަބަރު
ޝައިހް ފަރީދުގެ ހަނދާނުގައި ރާއްޖޭގައި ވެސް މިސްކިތެއް ބިނާކުރަނީ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
12 ޖޫން 2025
މާލެ ސިޓީ

މިދިޔަ ހޯމަ ދުވަހު އަވަހާރަވި ޝައިހް ފަރީދުގެ ހަނދާނުގައި ރާއްޖޭގައި ވެސް މިސްކިތެއް ބިނާކުރަން ނިންމައިފި އެވެ.

ކުއްލި ގޮތަކަށް ފަރީދު އަވަހާރަވީ ހޯމަ ދުވަހު މެލޭޝިއާއަށް ވަޑައިގެން އެއާޕޯޓުގައި ހުންނަވަނިކޮށެވެ. މެލޭޝިއާއަށް ފަރީދު ވަޑައިގަތީ އިސްލާމީ ދައުވަތާ ގުޅުންހުރި ކޮންފަރެންސެއްްގައި ބައިވެރިވެވަޑައިގަތުމަށެވެ.

ޝައިހް ފަރީދު އަވަހާރަވުމާ އެކު އޭނާ އިސްކޮށް ހުންނަވައިގެން ހިންގަވާ ހިދުމަތް ޖަމިއްޔާއިން ފަރީދުގެ ނަމުގައި ބަންގްލަދޭޝްގައި މިސްކިތެއް ހުޅުވަން ނިންމި އެވެ. އަދި އެ މިސްކިތް އެޅުމަށް ބޭނުންވާ ވަރަށް ފައިސާ ވަނީ އެއްކޮށްފަ އެވެ.

ހިދުމަތް ޖަމިއްޔާއިން ބުނީ ބަންގްލަދޭޝްގައި މިސްކިތް އެޅުމަށް ބޭނުންވާ ފައިސާ ހަމަވި ފަހުން ވެސް ގިނަ އަދަދެއްގެ މީހުންގެ ފަރާތުން ފައިސާގެ އެހީ ލިބެމުންދާތީވެ ރާއްޖޭގައި ވެސް ފަރީދުގެ ހަނދާނީ މިސްކިތެއް ބިނާކުރުމަށް ނިންމާފައިވާ ކަމަށެވެ.

ހިދުމަތް ޖަމިއްޔާގެ މި ނިންމުމާއެކު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ މިކަމުގައި ދެކިލައްވާގޮތް ފޭންބުކް ޕޯސްޓެއް މެދުވެރިކޮށް ހާމަކުރައްވާފަ އެވެ. އެގޮތުން ޝެއިޚްގެ ހަނދާނުގައި ރާއްޖޭން ބޭރުގައި މިސްކިތެއް ހުރުމަށްވުރެ ރާއްޖޭގައި ހުރުން އައުލާކަން ބޮޑުކަމަށް ލިޔުއްވާފައި ވެއެވެ.

މި މިސްކިތް އެޅުމަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވައިލައިފަ އެވެ.

ހިދުމަތް ޖަމިއްޔާގެ އެކައުންޓް ނަންބަރަކީ: 7770000141496

ޝައިހް ފަރީދުގެ މައްޗަށް އަންނަ ހުކުރު ދުވަހު، ރާއްޖޭގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ޣައިބަށް ކަށުނަމާދުކުރަން ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.


ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved