

ސިނަމާލެ ބުރިޖަކީ ރައީސް ޑރ މުހައްމަދު ވަހިދުގެ ވިސްނުންފުޅެއް ކަމަށް ދޭހަވާފަދަ މޭރުމަކުން އެމަނިކުފާނު ވާހަކަފުޅު ދައްކަވާފައިވާތީ ކުރިގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު ރައްދު ދެއްވައިފިއެވެ.
ޑރ ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ވަހީދުއަށް ނުހަނު އިހުތިރާމު ކުރައްވާ ކަމަށާ ނަމަވެސް ދިވެހިންނަށް އެންމެ ފުރަތަމަ ބުރިޖެއް އަޅާދެއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. އެކަމުގެ ފޮނި މީރުކަން ޑރ. ވަހީދުވެސް ހިމނިވަޑައިގަންނަވާ ގޮތަށް ދިވެހި ރައްޔިތުންނަށް ލިބެމުންދާ ކަމަށްވެސް ޑރ ޖަމީލު ފާހަގަކުރެއްވިއެވެ.
އެހެންކަމުން ރައީސް މުހައްމަދު މުއިއްޒުއާ ބައިވެ ހުންނަވާ އެމަނިކުފާނާ އިއްތިހާދުން ރައްޔިތުންނަށް ބިއްލޫރި ޓަނަލު ވުޖޫދުކޮށް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.
ހިންގަވާ ނިދިންހޭލައި، ރީއްޗަށް އުޅެން ދަސްކުރަމާ @DrWaheedH ! ދިވެހިންނަށް ފުރަތަމަ ބްރިޖް އަޅާދެއްވީ ރ. ޔާމީން. އެކަމުގެ ފޮނިމީރުކަން މަނިކުފާނުވެސް ހިމެނޭގޮތަށް ރަައްޔިތުންނަށް އެބަލިބޭ.މަނިކުފާނާ މުއިއްޒުގެ އިއްތިހާދުން ބިއްލޫރި ޓަނަލް ވުޖޫދުކުރައްވާ.
— Mohamed Jameel Ahmed (@MJameelAhmed) June 12, 2025
ވ. އިޙްތިރާމް.… pic.twitter.com/5yEkXciRfs
ޑރ ޖަމީލު ވިދާޅުވީ ޑރ ވަހީދުވެސް ނިދިން ހޭލައްވާ ރީއްޗަށް އުޅެން ދަސްކުރަން ވެއްޖެ ކަމަށާ ރިޔާސީ އިންތިހާބުގެ ތެރޭގައި އޭރުގެ އިދިކޮޅު ކެންޑީޑޭޓު ޑރ މުއިއްޒުއާ ދެކޮޅަށް ކެޕްމެއިން ނުކުރައްވާ އެއްކޮޅަށް ހުންނެވި ނަމަ ގައުމަށް ޚިދުމަތްކުރުމުގެ ހުއްޖަތް ރައްޔިތުން ކުރިމަތީ ވިއްކަން ފަސޭހަފުޅުވީސް ކަމަށެވެ.