March 22, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ރައީސް އޮފިސް

އެއާރ އިންޑިއާގެ ފްލައިޓު ވެއްޓުމުގެ ހާދިސާއާ ގުޅިގެން ރައީސް ޔާމީންގެ ތައުޒިޔާ ފޮނުއްވައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Jun 13, 2025, 02:26 AM
މާލެ ސިޓީ

އެއާ އިންޑިއާގެ ބޮއިންގް 787 ޑްރީމްލައިނާ މަތިންދާބޯޓު ވެއްޓުމާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން ތައުޒިޔާ ދަންނަވައިފިއެވެ.

Advertisement

ޕީއެންއެފުން ބޭއްވި ޖަލްސާގައި، އެ ހާދިސާގެ ހަނދާން އައު ކުރައްވާ ރައީސް ޔާމީން ވަނީ އެ ހާދިސާ ހިނގުމާ އެކު ފްލައިޓުގައި ދަތުރުކުރި އެކަކު ފިޔަވާ އެންމެން މަރުވެ އަދި ފްލައިޓު ކްރޭޝް ވެގެން ދިޔައީ ޑޮކްޓަރުކަން ކިޔަވަމުން ދިޔަ ދަރިވަރުންތަކެއް ތިބޭ ދަނާލަކަށް ކަމަށްވެ އެ ތަނުގައި ތިބި އެތައް ދަރިވަރުންތަކެއް ވެސް ނިޔާވެފައިވާކަން ފާހަގަކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ އެއާ ޓްރާންސްޕޯޓުއަކީ އެންމެ ސޭފު މެތަޑް އޮފް ޓްރާންސްޕޯޓު ކަމަށާ އެހެންކަމުން އެ ޓްރާންސްޕޯޓުގެ ތެރެއިން މިވަރުގެ ހާދިސާއެއް ހިނގުމުން އެކަމުގައި ހައިރާންކަމާ އެކު ކުއްލި ޝޮކެއް އެމަނިކުފާނަށް ލިބިވަޑައިގެންނެވި ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އިންޑިއާއަކީ ގާތް ރަހުމަތްތެރި ގައުމެއް ކަމަށާ އެ ގައުމަށް މެދުވެރިވި މި ހިތާމަވެރި ހާލަތުގައި އެމަނިކުފާނާ އަދި ޕީއެންއެފްގެ ނަމުގައި ތައުޒިޔާ ދަންނަވާ ކަމަށެވެ. އަދި ހިތާމަވެރި ވަގުތުގައި މަރުވި މީހުންގެ އާއިލާތަކަށް ލިބުނު ގެއްލުމުގައި ތައުޒިޔާ ދަންނަވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

ޖުމުލަ 242 މީހުން ދަތުރުކުރި އެއާ އިންޑިއާގެ ބޮއިންގް 787 ޑްރީމްލައިނާ މަތިންދާބޯޓު ވެއްޓިފައިވަނީ އިންޑިއާގެ އަހުމަދުބާގެ ސަރުދާރު ވައްލަބްބައި ޕަޓޭލް އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓާލިތާ މާ ގިނައިރުތަކެއް ނުވަނީހެވެ. ލަންޑަނަށް ދަތުރުކުރި އެ ބޯޓުގައި 242 މީހުން ދަތުރުކޮށްފައިވާއިރު އޭގެ ތެރޭގައި 230 ފަސިންޖަރުންނާއި 12 ކްރޫ މެންބަރުން ހިމެނެއެވެ.

ބޯޓު ވެއްޓެން މެދުވެރިވި ސަބަބެއް އަދި ސާފެއް ނޫނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved