theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޑރ ޖަމީލު / ތޭރަ އޮންލައިން
ސިޔާސީ
ރާއްޖެ މިއޮތީ އިގްތިސޯދީ މަރެެއްގެ ތުންފަތް މަތީގައި: ޑރ ޖަމީލު
Mariyam Isaadha
މަރިޔަމް އިސާދާ
13 ޖޫން 2025
މާލެ ސިޓީ

ދިވެހިރާއްޖެ މިއަދު އޮތީ އިގްތިސޯދީ މަރެއްގެ ތުންފަތް މަތީގައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލު މިފަދައިން ވިދާޅުވީ، ޗެނަލް 13 އިން ގެނެސްދޭ "ވީކެންޑް ވިތު ޑރ. ޖަމީލު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ އިގްތިސޯދީ ހާލަތު ދަށްވެ ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު އޮތުމުން ދުނިޔޭގެ ކްރެޑިޓު ރޭޓީން އިދާރާ ފިޗުން ރާއްޖޭގެ ޖަންކު ރޭޓިން ދެމެހެއްޓުމާ ގުޅިގެން އެކަމަށް އިޝާރާތްކުރައްވާ ޑރ ޖަމީލު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ތެރޭގައި ދަރަނި ދެއްކޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ވިދާޅުވެ އޭރުގެ އިދިކޮޅު ކެންޑިޑޭޓު މުހައްމަދު މުއިއްޒު ހެއްދެވީ ދޮގުކަން މިހާރު އެނގި ހާމަވަމުންދާ ކަމަށެވެ.

އެގޮތުން އޭރު ފެހި ސިގްނަލް ލިބިފައި އޮތް ނަމަ މިއަދު އެ ސިގްނަލުތަކާ އެހީތައް ނުލިބެން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށް ވެސް ޑރ ޖަމީލު ވިދާޅުވިއެވެ.

ޑރ ޖަމީލު ވިދާޅުވީ ދުނިޔޭގެ މާލީ އިދާރާތަކުން ގައުމުތަކުގެ އިގްތިސޯދު ބަލާ ދިރާސާ ކުރާނެ ކަމަށާ އެ ގައުމެއް ޚަރަދު ބަރަދު އެ އިދާރާތަކުން ކައިރިން ބަލާ އިރުޝާދު ދެމުން ގެންދަނީ ގައުމުގެ ހާލަތު ގޯހުން ގޯހަށް ދާކަން ފާހަގަކުރެވޭތީ ކަމަށް ވާއިރު އެ ނަސޭހަތްތަކާ ޚިލާފަށް ރިކަރަންޓު ޚަރަދު އިތުރުކުރަމުން ދިވެހި ސަރުކާރުން ގެންދާ ކަމީ ގައުމާ މެދު އެއްވެސް ވަރަކަށް މުއިއްޒު ނުވިސްނަވާ ކަމުގެ ފުރިހަމަ ދަލީލެއް ކަމަށް ވެސް ޑރ ޖަމީލު ވިދާޅުވިއެވެ.

ޑރ ޖަމީލު ވިދާޅުވީ ރާއްޖޭގެ ހާލަތު ގޯސްކޮށް އޮއްވާ ވަޑައިގެން ރައީސް މުއިއްޒު ވަނީ ކުރަން ނުޖހޭ އެތައް ކަމެއް ކުރައްވާފައި ކަމަށާ އެގޮތުން ވަރަށް ބޮޑު ޓެކްސް ރެޖީމެއް ތައާރަފްކޮށް އެ ފައިސާވެސް ޚަރަދު ކުރަނީ ސިޔާސީ ނާޗަރަންގީއަށް ކަމަށެވެ.

ޑރ ޖަމީލު ވިދާޅުވީ ގައުމަށް އާމްދަނި ނުވަންނަ އިރުވެސް ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ވިސްނުން ނުގެންގުޅުމުގެ ނަތީޖާއަކީ ގައުމު އިގްތިސޯދީ ގޮތުން މަރުގެ ތުންފަތް މައްޗަށް އައުން ކަމަށެވެ.

ޑރ ޖަމީލު އިތުރަށް ވިދާޅުވީ، ގައުމު ބަނގުރޫޓު ހަގީގަތުގައިވެސް ވެއްޖެ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved