ރައީސް ޔާމީން ރައްޔިތުންނާ މުޚާތަބުކުރައްވަނީ / ތޭރަ އޮންލައިން
ސިޔާސީ
ނިއުމަތެއްގެ އަގުވަޒަން ކުރެވޭނީ އެނިޔުމަތެއް ގެއްލިގެން ދިޔައިމަ: ރައީސް ޔާމީން
Mariyam Ibrahim
މަރިޔަމް އިބްރާހިމް
14 ޖޫން 2025
މާލެ ސިޓީ

ނިޢުމަތެއްގެ އަގުވަޒަން ކުރެވޭނީ އެނިޢުމަތެއް ގެއްލިގެން ދިޔައިމަ ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ ފޭސް2 ގެ ބާބަކިޔު ސަރަހައްދުގައި ބޭއްވި ރައީސް ޔާމީން ބައިވެރިވެ ވަޑައިގެންނެވި އިވެންޓުގައި ރައްޔިތުންނާއި މުހާތަބުކޮށް ވާހަކަފުޅު ދައްކަމުން އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ބިމުން ބޮޑު ސަރަހައްދެއް ޖެއްލިގެން އުޅޭއިރު، މިއީ ކިހާވަރެއްގެ ކަމެއް ކަމުގައި އަދި ދިވެހިންނަށް އިހުސާސް ކުރަން ނޭގި ދާނެ ކަމުގައެވެ.

ޕީއެންއެފްގެ ޖަލްސާތަކުގައި އަބަދުހެން މިވާހަކަ ދައްކަން ޖެހިލައްވަނީ އެ ކަމާއި މެދު އެމަނިކުފާނު ހިތާމަ ކުރައްވާތީ ކަމަގައި ވިދާޅުވެފައި ވެއެވެ.

އަޅުގަނޑުމެން ގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެން އުޅޭ ވާހަކަ މިދައްކަނީ! އަޑުގަނޑު މެންނަށް އިހުސާސް ކުރަން ނޭގި ދާނެ، މިއީ އަޅުގަނޑުމެން ޕީއެންއެފް ޖަލްސާތަކުގައި ދިވެހި ރައްޔިތުނާއި އަބަދު ދައްކާ ވާހަކަ މިގެއްލިގެން މިދަނީ ވަރައްބޮޑު ކަނޑުގެ ސަރަހައްދެއް!

- ރައީސް ޔާމީން

ދިވެހިރާއްޖެ، މިނިވަން ކަމާއި އެކީ ހިންގުމުގެ ފުރިހަމަ ބާރު އޮންނަން ޖެހޭނީ ދިވެހިންގެ އަތްމަތީގައި ކަމަށާއި ޤައުމުގެ މިފަދަ ނިންމުން ތަކަކީ އަވައްޓެރި ގައުމެއްގެ ޙާރިޖީ އޮފީހަކުން ނިންމަންޖެހޭ ނިންމުމަކަށް ވެގެން ނުވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

ދިވެހިންގެ އަތުން ބީވެގެން ދިޔަ ބިމުގެ ސަރަހައްދު ސިފަ ކުރައްވާ އެމަނިކުފާނު ވިދާޅުވެފައި ވަނީ، ފޯވަހީގެ ބިމުގެ ސަރަހައްދަކީ ފުޓުބޯޅައަށް މަޝްހޫރު ޕޯޗުގަލްގެ ބިމުގެ ސަރަހައްދައްވުރެ ބޮޑު ސަރަހައްެދެއް ކަމަށެވެ.

މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ރައީސް ޑރ މުހަންމަދު މުއިއްޒު ވިދާޅުވެފައި ވަނީ އެ ސަރަހައްދަކީ ގެއްލިފައި ވާ ސަރަހައްދެއް ނޫން ކަމަށާއި އެއީ ގެއްލުވާލި ކަނޑުގެ ސަރަހައްދެއް ކަމަށެވެ. ރައްޔިތުންނަށް އަދި ރައްޔިތުންގެ މަޖިލީހަކަށްވެސް އެނގުމެއް ނެތި ކޮއްފައި ވާ ކަމެއްކަމަށެވެ. ނަމަވެސް މިސަރުކާރު ވެރިކަމަށް އައުމަށްފަހު އެ ސަރަހައްދު ހޯދުމަށް އެއްވެސް މަސައްކަތެއް ކޮއްފައި ނުވާކަމުގައި އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

މޮރީޝަސް އަކީ ފޯޅަވައްސާއި 3000 މޭލު ދުރުގައި އޮތްތަނެއް، ވީއިރު މޮރީޝަސްގެ ބިމަކަށް ފޯޅަ ވަހި ވެގެން ދާންޖެހޭ އެއްވެސް ސަބަބެއްނެތެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved