February 21, 2026
Advertisement
އިސްލާމީ ގައުމުތަކުން އެއްގަލަކަށް ނާރައިފިނަމަ، ދުޝްމިނުންގެ ލަނޑުދަނޑި އަކަށް ވާނެ: ޕާކިސްތާނު
އިސްލާމީ ގައުމުތަކުން އެއްގަލަކަށް ނާރައިފިނަމަ، ދުޝްމިނުންގެ ލަނޑުދަނޑި އަކަށް ވާނެ: ޕާކިސްތާނު / ޕާކިސްތާން ޓުޑޭ

އިސްލާމީ ގައުމުތަކުން އެއްގަލަކަށް ނާރައިފިނަމަ، ދުޝްމިނުންގެ ލަނޑުދަނޑި އަކަށް ވާނެ: ޕާކިސްތާނު

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 15, 2025, 03:42 AM
މާލެ ސިޓީ

ހުރިހައި އިސްލާމީ ޤައުމުތަކުން އެއްގަލަކަށް ނާރައިފިނަމަ، ދެންހުރި ޤައުމުތައް ވެސް (ދުޝްމިނުންގެ) ލަނޑުދަނޑި އަކަށް ވާނެ ކަމަށް. ޕާކިސްތާނުގެ ދިފާޢީ ވަޒީރު ހަވާޖާ މުހައްމަދު އާސިފް ވިދާޅުވެއްޖެ އެވެ.

Advertisement

އާސިފް މިފަދައިން ވިދާޅުވެފައި މިވަނީ މެދުއިރުމަތީގެ ގައުމުތައް ހަލާކު ކުރުމަށް އެމެރިކާގެ ބައިވެރިވުން އޮވެގެން ސަހްޔޫނީން ދެމުންދާ ހަމަލާތަކާއި ގުޅިގެން ނެވެ. އެމެރިކާ އިންވެއޮވެ މެދުއިރުމަތިން އަރަބި ގައުމުތައް ނެތިކޮށްލަން އެމެރިކާ އިން އަންނަނީ "ޗޯރު" ނިންމުންތައް ނިންމަމުން ނެވެ.

ސަހްޔޫނީން މިފަހުން ގާޒާގެ ރައްޔިތުން ޝަހީދު ކުރަމުން ގޮސް ފަލަސްތީނުގެ މިނިވަން ކަމަށް ވަކާލާތު ކުރާ އީރާން އަށް ވެސް ވަނީ ހަމަލާދީ ފައި އެވެ.

މިދިޔަ ހުކުރު ދުވަހު ސަހްޔޫނީން އީރާނަށް އިސްވެ ދިން ހަމަލާގައި ގާތްގަނޑަކަށް 200 އެއްހާ އަސްކަރީ އަދި ނިއުކްލިއާ ފެސިލިޓީތަކަށް ގެއްލުން ދީފައިވެ އެވެ. ޑިއަސްކަރީ މަތީ ފަންތީގެ ކޮމާންޑަރުންނާއި ނިއުކްލިއާ ސައިންޓިސްޓުންނާއި އެކި ދާއިރާތަކުގެ އިސް އޮފިޝަލުން ވެސް ވަނީ ހަމަލާތަކުގައި އަވަހާރަކޮށްލައިފަ އެވެ.

އީރާނުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފުރަތަމަ ދިން ހަމަލާތަކުގައި 78 މީހުން މަރުވެ 320 މީހުން ޒަހަމްވެފައިވެ އެވެ.

އޭގެ ރައްދުގައި އީރާނުން ވަނީ ސަހްޔޫނީން ގިނަ އަދަދެއްގެ ޑްރޯން އާއި މިސައިލް ފޮނުވައިގެން ހަމަލާ ދީފަ އެވެ. އެ ހަމަލާތަކުގައި ތިން މީހަކު މަރުވެ، 70 އަށް ވުރެ ގިނަ މީހުން ޒަހަމްވެ، ގިނަ ސިޓީތަކަކަށް ގެއްލުންވެފައިވެ އެވެ.

ޕާކިސްތާނު ސަރުކާރުން ވަނީ އީރާނަށް އަމާޒުކޮށް ސަހްޔޫނީންދޭ ހަމަލާތަކުގެ ދިފާއުގައި އީރާނަށް ހުރިހާ ގޮތަކުން އެހީވާނެ ކަމަށް ބުނެފައި އެވެ. ޕާކިސްތާނު އިތުރުން ރަޝިއާ، އުތުރު ކޮރެއާ އަދި ޗައިނާ އިން ވެސް ވަނީ އަސްކަރީގޮތުން އީރާނަށް އެހީވާން ތައްޔާރަށް ތިބިކަން ހާމަ ކޮށްފައި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved