February 21, 2026
Advertisement
އީރާންގެ ހަމަލާއެއްގައި ސަހްޔޫނީން ހަލާކުވި އިމާރާތެއްގެ ކައިރީ ސިފައިންގެ ބަޔަކު މަޑުކޮށްގެން
އީރާންގެ ހަމަލާއެއްގައި ސަހްޔޫނީން ހަލާކުވި އިމާރާތެއްގެ ކައިރީ ސިފައިންގެ ބަޔަކު މަޑުކޮށްގެން / އޭއެފްޕީ

އިރާނުގެ ހަމަލާތަކުގައި މަރުވި ސަހްޔޫނީންގެ އަދަދު 10 އަށް

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 15, 2025, 05:50 PM
މާލެ ސިޓީ

އިޒްރޭލުން އިސްވެ އީރާނަށް ދިން ވަރުގަދަ ހަމަލާތަކުގެ ބަދަލު ހިފުމަށް އީރާނުން ވެސް ހަމަލާ ދެމުން ދާއިރު ރޭގެ ހަމަލާތަކުގައި އިޒްރޭލުން، މަދުވެގެން 10 މީހަކު މަރުވެ 150 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ބުނެފި އެވެ.

Advertisement

އިޒްރޭލުން އިސްވެ އީރާނަށް ހަމަލާ ދިނުމުން ރައްދުގައި އީރާނުން ރޭ ވަނީ އިޒްރޭލަށް ގިނަ އަދަދެއްގެ ބެލެސްޓިކް މިސައިލްއިން ހަމަލާދީފަ އެވެ.

މި މިސައިލްތައް ސަހްޔޫނީންގެ ތެލް އަވީވްއަށް އަމާޒުވިއިރު މި ހަމަލާތަކުގައި ސަހްޔޫނީންގެ ބަޔަކަށް އަނިޔާވި އެވެ. އަދި ބައެއް އިމާރާތްތަކަށް ގެއްލުންވި އެވެ.

ސަހްޔޫނީންގެ ވަރުގަދަ އެއާ ޑިފެންސް ސިސްޓަމްތައް ފޫއަޅުވާލާ އިރާނުގެ މިސައިލްތައް އިމާރާތްތަކަށް އަމާޒުވާ މަންޒަރު ފެންނަ ވީޑިއޯތައް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

ސަހްޔޫނީން ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ތެލްއަވީވް ޑިސްޓްރިކްޓަށް ދިން ހަމަލާއެއްގައި އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށެވެ.

ސަހްޔޫނީން ވަނީ އީރާނުން ޔަހޫދީ ދައުލަތަށް ދެމުންދާ ހަމަލާތަކުގައި ލިބޭ ގެއްލުމުގެ ފޮޓޯއާއި ވީޑިޔޯ ހިއްސާކުރުން އެ ގައުމުގެ މީީޑޔާތަކަށް މަނާ ކޮށްފަ އެވެ.

ސަހްޔޫނީންގެ ހުޅަނގު ގަލީލީ ސަރަހައްދުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދިން ހަމަލާއެއްގައި ތިން ބުރީގެ އިމާރާތެއް ވެސް ވެއްޓިފައިވެ އެވެ. އެ އެމްޑީއޭ އިން ބުނީ އެ ހާދިސާގައި ތިން އަހަރުގެ ކުއްޖަކު މަރުވި ކަމަށެވެ.

ވެރިރަށް ތެހެރާނުގެ މީހުން ދިރިއުޅޭ ތަންތަނަށް ސަހްޔޫނީން ދިން ހަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ގާތްގަޑަކަށް 80 މީހުން މަރުވެ 320 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

މަރުވި މީހުންގެ ތެރޭގައި ނިއުކްލިއާ ސައިންސްވެރިންގެ ތެރެއިން ނުވަ ސައިންސްވެރިން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އިސްރާއީލުގެ ހައިޓެކް މިސައިލްތައް އީރާނުން ވައްޓާލާފައިވާއިރު، ހުކުރު ދުވަހުން ފެށިގެން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް އިސްރާއީލުގައި ފަސް މީހުން މަރުވެ 200 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެ އެވެ.

ސަހްޔޫނީން މިފަދަ ހަމަލާތަކެއް ދޭން ފެށީ އިރާނުން ނިއުކްލިއާ މައުދަންތައް ފައްކާކުރުމަށް ހިންގާ ޕްރޮގްރާމް ހުއްޓާލުމަށް އެމެރިކާއިން ހުށަހަޅާފައި ވަނިކޮށެވެ. މިދިޔަ މަހާއި މި މަހުގެ ކުރީކޮޅު އެ ދެ ގައުމުން އެކަމާ ގުޅޭގޮތުން މަޝްވަރާކުރި ނަމަވެސް ސަހްޔޫނީންގެ ހަމަލާތަކަށްފަހު އެ ވަހަކަތައް ވަނީ މަނޑުޖެހިފައި އެވެ.

އަދި އީރާނުން ބުނީ އެފަދަ ވާހަކަ ތަކެއް ސަހްޔޫނީންގެ "ބައްޕަ" އެމެރިކާއާއި އެކު ދެއްކުމުގެ މާނައެއް ވެސް މިހާރު ނެތް ކަމަށެވެ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved