theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޑރ ޖަމީލު / ތޭރަ އޮންލައިން
ސިޔާސީ
ޝަޚުސިއްޔަތު ލަވަ ޖަހައިގެން އަޔަސް މުއިއްޒަކީ ގައުމު ހިންގޭވަރުގެ ޝަޚްސިއްޔަތެއް ނޫން: ޑރ ޖަމީލު
Mariyam Isaadha
މަރިޔަމް އިސާދާ
15 ޖޫން 2025
މާލެ ސިޓީ

ރިޔާސީ ކެމްޕޭންގައި މޮޅެތި ލަވަތައް ޖެހި ނަމަވެސް ގައުމު ހިންގުމުގެ ގާބިލުކަން ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކިބައިގައި ނެތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލު މިފަދައިން ވިދާޅުވީ، ޗެނަލް13 އިން ގެނެސްދޭ "ވީކެންޑް ވިތު ޑރ ޖަމީލު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

ޑރ ޖަމީލު ވިދާޅުވީ، ގައުމު އިގްތިސޯދީ ގޮތުން މަރުގެ ތުންފަތް މަތީގައި އޮތްއިރު ގައުމުގެ ދަރަނީގެ ހިރާސް ބޮޑުވެ ފިޗުންވެސް ރާއްޖޭގެ ކްރޭޑޫ ރޭޓިން ޖަންކުގައި ދެމެހެއްޓުމުން ހާމަވެގެން ދަނީ ގައުމުގެ ވެރިންގެ ކިބައިގައި ގައުމު ހިންގުމުގެ ހަކަތަ ނެތް މިންވަރު ކަމަށެވެ.

އެގޮތުން ދަރނި ނުދެއްކިދާނެ ކަމުގެ ބިރު އޮތުމުން ރާއްޖޭގެ ރޭޓިން ޖަންކުގައި ފިޗުން ދެމެހެއްޓިއިރު ދުނިޔޭގެ މާލީ އިދާރާތަކުން ރާއްޖެއަށް އިގްތިސޯދު ކުރިއަރުވަން އަޅަން ލަދާދިން ފިޔަވަޅުތަކަށް ނުބަލާ ރައީސް މުއިއްޒު ގެންދަވަނީ އެމަނިކުފާނާ ސިޔާސީ ގޮތުން އެއްދާން ކުރަން އެއްބަސްވާ އެންމެންނަށްވެސް ވަޒީފާދީ ރިކަރަންޓު ޚަރަދު ބޮޑުކުރަމުން ކަމަށެވެ.

އާމްދަނީ ލިބޭނެ ގޮތެއް ފަހިވެފައި ނެތްއިރު އުފެއްދުންތެރިކަން އިތުރު ކުރާނެ ގޮތުގެ އިލްމާ ހިލްމުވެސް ޑރ މުއިއްޒުގެ ކިބައިގައި ނެތްކަން ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވީ، ޑރ މުއިއްޒަށް ވުރެ މަގްބޫލު އަދި ސިޔާސީ ގޮތުން ވިސްނުން ތޫނު ބޭބޭފުޅުން ޕީޕީއެމް / ޕީއެންސީ ތެރޭ އޭރު ތިއްބެވި ކަމަށާ އެއިން ބޭފުޅަކު ރައީށް ކަމަށް ވަޑައިގެންނެވިި ނަމަވެސް މިއަށް ވުރެ ހަރުދާނާވީސް ކަމަށެވެެ.

ޑރ ޖަމީލު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ތެރޭގައި، ރާއްޖޭގެ ދަރަނި ދެއްކޭނެ ގޮތުގެ ފެހި ސިގްނަލްތައް ލިބިފައިވާ ކަމަށް ޑރ މުއިއްޒު ވިދާޅުވި ނަމަވެސް، ރާއްޖޭގެ ދަރަނި ނުދެއްކިދާނެކަމުގެ ބިރު އޮވެ ރާއްޖޭގެ ކްރެޑިޓު ރޭޓިން ޖަންކުގައި ދެމެހެއްޓުމުން ހާމަވަނީ ރައީސް މުއިއްޒު ހެއްދެވީ ހުސް ދޮގުކަން ކަމަށެވެ.

އެހެނީ އޭރު ފެހި ސިގްނަލް ލިބިފައި އޮތް ނަމަ މިއަދު އެ ސިގްނަލުތަކާ އެހީތައް ނުލިބެން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށް ވެސް ޑރ ޖަމީލު ވިދާޅުވިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved