March 23, 2026
Advertisement
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޕީއެންެއެފް ޖަލްސާގައި
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޕީއެންެއެފް ޖަލްސާގައި / ޝަފްރާޒް | ތޭރަ އިމޭޖްސް

ސަރުކާރުން ދައްކާ ވާހަކަތައް ވާންވާނީ ރައްޔިތުންނަށް ފޯރުކޮށްދެވޭ ވާހަކަތަކަކަށް: ރައީސް ޔާމީން

Fathmath Reem
ފާތުމަތު ރީމް
Feb 21, 2024, 05:51 PM
މާލެ ސިޓީ

ސަރުކާރުން ދައްކާ ވާހަކަތައް ވާންވާނީ ރައްޔިތުންނަށް ފޯރުކޮށްދެވޭ ވާހަކަތަކަކަށް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ރައީސް ޔާމީންގެ ތާއީދާއެކު ރައްޔިތުން މަޖިލިސް އިންތިހާބަށް ވާދަކުރައްވާ ކެނޑިޑޭޓުން ތައާރަފް ކުރުމަށް ބާއްވަމުން އަންނަ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން ދައްކާވާހަކަތަކާ ރައްޔިތުންނަށް ފޯރުކޮށްދޭ މުހިންމު މެސެޖުތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭން ވާނެ ކަމަށާއި ދައްކަން ވާނީ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެވޭ ވަރުގެ ވާހަކަތައް ކަމަށެވެ.

ކޮންމެ ސަރުކާރެއް އޮތަސް ސަރުކާރުން ދައްކާ ވާހަކަތަކާ ރައްޔިތުންނަށް ދޭ ވަރުގަދަ މެސެޖުތައް ރައްޔިތުންނަށް ޑެލިވާ ކުރަންވާނެ. ޑެލިވަރަބަލް ވާހަތަކެއް ދައްކަން ވާނީ.

ރައީސް ޔާމީން

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ އެއްވެސް ހާލަތެއްގައި ސަރުކާރަށް ފާޑުކިޔުން ނޫން ކަމަށާއި މިފަދަ ޖަލްސާތަކުގައި ދައްކާ ވާހަކަތަކަކީ ސަރުކާރު ޖަވާބުދާރީ ކޮށް ހަމަ މަގަށް އެޅުވުމަށް ދައްކާ ވާހަކަތައް ކަމަށެެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved