theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ހިޔާ ފްލެޓު / ޕީއެސްއެމް
ހަބަރު
ފްލެޓުތަކުގެ ކުލި ނުދައްކާ ފަރާތްތަކަށް ނޯޓިސް ފޮނުވަން ފަށައިފި
Mariyam Ibrahim
މަރިޔަމް އިބްރާހިމް
15 ޖޫން 2025
މާލެ ސިޓީ

ހުޅުމާލޭ ފުލެޓުތަކަށް ގަވާއިދުން ކުލި ނުދައްކާ މީހުންނަށް ނޯޓިސް ފޮނުވަން ފަށާފައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނެފައި ވަނީ ކުލި ނުދައްކާ މީހުންނަށް ތިން މަހުން ނޯޓިސްއެއް ފޮނުވަން ފަށާފައިވާކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 8000 ސޯޝަލް ހައުސިން ޔުނިޓުތަކެއްގެ ތެރެއިން، ގަވާއިދުން ކުލި ދައްކަނީ އެންމެ 3،000 ޔުނިޓުގެ ވެރިންކަމަށެވެ. އަދި، ކުލީގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު 700 މިލިއަން ރުފިޔާއަށް ވުރެން އިތުރު ކަމަށް އެ ކޯޕަރޭޝަނުންހާމަކޮށްފައި ވެއެވެ.

ކުލި ނުދައްކާ ނަމަ ފްލެޓްތަކުން މީހުން ނެރުމުގެ ބާރު އެގްރީމެންޓުން އެޗްޑީސީއަށް ލިބިދީފައިވީ ނަމަވެސް މިހާތަނަށް އެފަދަ ފިޔަވަޅެއް އަޅާފައިނުވާ ކަމަށް އެޗްޑީސީން ބުނެއެވެ.

މިހާތަނަށް މި އަހަރުގެ 28 ފެބްރުއަރީއާ ހަމައަށް ސޯޝަލް ހައުސިން ޔުނިޓުތަކުން އެޗްޑީސީއަށް ލިބެންޖެހޭ ކުލީގެ އަދަދަކީ 728،193،616.18 ރުފިޔާ ކަމުގައި މައުލޫމާތު ލިބެއެވެ.

ކޮވިޑާއި ގުޅިގެން ރައްޔިތުންނަށް ދިމާވެފައިޥާ މާލީ ދަތި ކަމާއި ގުޅިގެން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގައި ކުލީގެ މައްސަލައަށް ލުއި ގޮތެއް ހަމަޖައްސައިފައި ވެއެވެ. އޭގެ އިތުރުން މިފަހަކުން ވެސް ވަނީ ހުޅުމާލޭގެ ސޯޝަލް ހައުސިން ފްލެޓްތަކުގެ ކުލި ކުޑަކޮށް ދެއްވައިފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved