March 20, 2026
Advertisement
ކައުންސިލްތައް ކުޑަކުރުމަށް ސަރުކާރުން މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި
ކައުންސިލްތައް ކުޑަކުރުމަށް ސަރުކާރުން މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި / ރައީސް އޮފިސް

ކައުންސިލްތައް ކުޑަކުރުމަށް ސަރުކާރުން މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 16, 2025, 06:18 PM
މާލެ ސިޓީ

ކައުންސިލްތަކަށް އިންތިހާބުކުރާ ކައުންސިލަރުންގެ އަދަދު މަދުކުރުމާ މެދު މެމްބަރުންގެ ހިޔާލު ހޯދަން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ރައްޔިތުންގެ މަޖިލީހަށް އިއްޔެ ގަރާރެއް ހުށަހަޅުއްވައިފި އެވެ.

Advertisement

މެންބަރު ޝުޖާއު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހިނގައިދިޔަ 15 އަހަރުގެ ތެރޭގައި 15 ފަހަރު އިސްލާހުކޮށްފައިވާ ކަމަށާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ގާނޫނު 2020 ގެ ނަމުގައި 2020 ވަނަ އަހަރު އެކުލަވާލި ގާނޫނަށް އެ އަހަރު އަލުން އިސްލާހު ގެނެސްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ޕާޓީން ނެރޭ ކެންޑިޑޭޓުން ސަރުކާރަށް ގިނަ ފަހަރަށް އެއްބާރުލުން ނުދޭކަމުގެ ޝަކުވާ އޮންނަ ކަމަށެވެ. އަދި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ސީދާ ގޮތުން ހުރަސްއަޅާފައި އެބަހުރި ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް އަދި ސިޓީ ކައުންސިލްތަކުގެ މެމްބަރުގެ އަދަދާ މެދު ވެސް އާއްމުންގެ މެދުގައި ނުހަނު ކަންބޮޑުވުން އެބައޮތެވެ. ވޭތުވި ހުރިހާ ސަރުކާރުތަކުން ވެސް ބަލާފައި ވަނީ އެ ވަގުތަކަށް ބޭނުންވާ އިސްލާހުތައް ގާނޫނަށް ގެނެސް "ޕެޗު" އަޅައިގެން ހައްލު ހޯދުމެވެ. ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަކީ ގާނޫނު އަސާސީގެ އަށް ވަނަ ބާބުން ލާޒިމްކޮށްފައިވާ ކަމެކެވެ.

ޝުޖާއު

ކައުންސިލްތައް ކުޑަ ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހިޔާލުތައް ހޯދުމަށް ޕީއެންސީން ގަރާރެއް ހުށަހެޅިއިރު، މިދިޔަ އަހަރު ތެރޭ ރައީސް މުހައްމަދު މުއިއްޒު ވެސް ވަނީ މި ވިސްނުން ގެންގުޅުއްވާ ކަމަށް ވިދާޅުވެ އެވެ. އެ މަނިކުފާނު ގެންގުޅުއްވާ ވިސްނުމަކީ 3،000 އިން ދަށުގެ އާބާދީތަކުގައި ތިން ކައުންސިލަރުން ތިބޭ ގޮތަށް ހެދުމަށެވެ.

މީހުން ދިރިއުޅޭ 187 ރަށަށް 900 އަށްވުރެ ގިނަ ކައުންސިލަރުން އިންތިހާބުކުރެ އެވެ. އިލެކްޝަންސް ކޮމިޝަނުން އަންނަނީ އަންނަ އަހަރުގެ އޭޕްރީލް މަހު ކައުންސިލް އިންތިހާބު ބާއްވަން ތައްޔާރުވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved