March 20, 2026
Advertisement
,
, / ސޯޝަލް މީޑިއާ

ބޮޑު ނުކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ ނޮވެމްބަރުގައި ބޮޑު ކުރަނީ

Yana Shareef
ޔާނާ ޝަރީފް
Sep 28, 2025, 09:02 PM

ސިވިލް ސާރވިސް ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މިއަހަރު ނޮވެމްބަރު 1 ގައި ހާމަނައިޒް ކުރެވި، މުސާރަ ބޮޑުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާރވިސް ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މިއަހަރު ނޮވެމްބަރު 1 ގައި ހާމަނައިޒް ކުރެވި، މުސާރަ ބޮޑުވެގެންދާނެ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިއަހަރުގެ ރިޔާސީ ބަޔާނުގައި މި ފަރާތްތަކުގެ މުސާރަ މިއަހަރު ބޮޑުވެގެންދާނެ ކަމަށްވާނީ ދަންނަވާފައި ކަމަށާއި އަދި ކުރިންވެސް ދަންނަވާފައިވާ ފަދައިން، މިއަހަރު މުސާރަ ބޮޑު ނުވާ ހުރިހާ މުއައްސަސާތަކެއްގެ ހުރިހާ މުވައްޒަފުންގެ މުސާރަ 2026 ގައި ބޮޑުވެގެންދާނެ ކަމަށެވެ.

މުސާރަ ބޮޑުކުުރުމަށް ރައީސް ނިންމެވިއިރު މުސާރައަށް ސަރުކާރުން ހޭދަކުރާ ވަރު މިހާރުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މި ސަރުކާރު އައިފަހުން ސަރުކާރުގެ އެކި އެކި މަގާމުތަކުގައި ތިބޭ ފަރާތްތަކަށ އެކަނި މުސާރަ ދިނުމަށް ވެސް އަހަރެއްގެ މަތިން ބޮޑު އެއްޗެއް ހޭދަކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved