theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މުއއިްޒު ރިޔާސީ ކެމްޕެއިން ތެރޭގައި / ތޭރަ އޮންލައިން
ހަބަރު
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ރައުދުގެ ބޭބެ ހޯމް މިނިސްޓަރާ ތަކުރާރުކޮށް ވާހަކަދެއްކި!
17 ޖޫން 2025
މާލެ ސިޓީ

އޭޕްރިލް 18، ވަނަ ދުވަހު ހ. ފެންޓެނޯއީ ގެއިން ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ސަރުކާރުގެ އެއްވެސް އިސް ބޭފުޅަކަށް ހާދިސާއާ ގުޅޭގޮތުން މުއާމަލާތް ކޮށްފައިނުވާނެ ކަމަށް ބުނެ ރައުދުގެ އާއިލާއިން ތަހުގީގަށް ދޮގު ބަޔާން ދިންކަން ހާމަވެއްޖެއެވެ.

ޔުމްނު ވެއްޓުނު ޙާދިސާއާ ގުޅިގެން މާލޭގައި ޒުވާނުން ނުކުމެ ކުރި އިހުތިޖާޖުތަކާއެު ސަރުކާރަށް ޕްރެޝަރ ބޮޑުވެ މައްސަލަ ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައިވަނީ، ޔުމްނުއާއި، ރައުދުގެ އިތުރުން ފުލުހުން މީގެ ކުރިން ނަން ހާމަކުރި މީހުންތައް އެންމެން އެކުގައި މާންދޫގޭ، ދެކުނުގެއަށް ދިޔަ ވަގުތުން ފެށިގެން ހުރިހާ ތަފްސީލެއް ހިމަނާފައެވެ.

އެގޮތުން އޭޕްރީލް 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި -- 5:38 އެހާކަންހާއިރު ރައުދު އަހްމަދުއާ އޭނާގެ ބޭބެ ދާއޫދު އަހްމަދު ދިމާވެފައިވާ ކަމަށާ ހ. މާއިރާއަށް ރައުދު ވަދެފައިވަނީ އަމިއްލައަށް ކަމަށާ ސަރުކާރުގެ އެއްވެސް އިސް ބޭފުޅަކަށް މި މައްސަލައިގެ ހާދިސާއާ ގުޅޭގޮތުން މުއާމަލާތް ކޮށްފައިނުވާ ކަމަށާ ރައުދު, ޔުމްނު ވެއްޓުމާއި ބެހޭ އެއްވެސް ވާހަކައެއް ދާއޫދު ގާތުގައި ބުނެފައި ނުވާނެ ކަމަށް ފުލުހުންގެ ތަހުގީގަށް ބަޔާން ދީފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.

ނަމަވެސް އެއީ ތެދު ނޫން ކަން ހާމަކޮށް ރިޕޯޓުގައި ބުނެފައިވަނީ، ޔުމްނު ވެއްޓުމާއި ގުޅޭގޮތުން ރައުދު އެއްވެސް ވާހަކައެއް ހިއްސާ ނުކުރާކަމަށް ދާއޫދު ބަޔާން ދިންކަމަށެވެ. އެހެން ނަމަވެސް 18 އޭޕްރިލްގެ އެކި ވަގުތުތަކުގައި ދާއޫދު ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާންއާއި އެކި ފަހަރު މަތީން އެ ހާދިސާގެ ވާހަކަ ދައްކާފައިވާކަމަށްވެއެވެ.

ރިޕޯޓުގައި ބުނެފައި ވަނީ އުދު ބަލާ, ދާއޫދު ހ. މައިރާގެ ތިރިއަށް ފޭބިކަން ދާއޫދުގެ ދެ ރައްޓެހިން ކަމަށްވާ މުހައްމަދު އިޔާން އާއި ސާއިފް މުހައްމަދު ބުނެފައިވާ ކަމަށެވެ. އަދި ދާއޫދު މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ހިދުމަތަށް ދިން ބަޔާންއާ އެ ކޮމިޝަނަށް ދިން ބަޔާނުގައި ތަފާތުތަކެއް ހުރުމާއެކު ތަހުގީގަށް ދޮގު ބަޔާން ދީފައިވާކަން ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މީގެއިތުރުން ދާއޫދުއާއި އޭނާގެ ރަހުމަތްތެރިންގެ ބަޔާންތަކުގައި ވެސް ފުށުއެރުން ހުރިކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި ދާއޫދާއި އޭނާގެ ރައްޓެހިންގެ ބަޔާންތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާ އެ މީހުން ތަހުގީގީ އިދާާރާތަކަށް ދޮގު ބަޔާން ދީފައިވާތީ އެއީ ކަމެއް ސިއްރުކުރަން ކުރި ކަމެއްގެ ގޮތުގައި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގުގައި ފުލުހުން އިހުމާލުވިކަމަށާ، ފަރުވާ ކުޑަ ކުރި ފުލުހުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ޖެހޭ ކަމަށްވެސް ކޮމިޝަންގެ ރިޕޯޓުގައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved