

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ޒަމްޢަތު އަޙްމަދު ވަޙީދު މިއަދު ޢައްޔަންކުރައްވައިފިއެވެ.
މިމަގާމަށް ކުރިމަތި ލައިފައި ވަނީ ޒަމްއަތު އަހްމަދު ވަހީދު، ޒީނާ ޒާހިރު، ޝިމްލާ އަހުމަދު، އަޝްރަފް އަލީގެ އިތުރުން އަލީ ޔޫސުފެވެ. މިފަރާތް ތަކާއި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މިދިޔަ ބުރާސްފަތި ދުވަހު އިންޓާވިއު ކޮއްފައި ވެއެވެ.
މީގެ ތެރެއިން 3 ކެނޑިޑޭޓުންގެ ޝަރުތު ހަމަވިއިރު، ކޮމެޓީގެ ނިންމުމުގައި ކުރީގައި އޮތީ 89.29 މާކުސް އާއި އެކު ޒަމްއަތު އެވެ.
މީގެއިތުރުން ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޒަމްއަތު ބްރޯޑްކޮމްގެ މެމްބަރުކަމަށް އައްޔަނުކުރަން ވޯޓަށް އަހާފައިވާއިރު، އޭނާ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް 56 މެމްބަރުން ވޯޓް ދެއްވާފައި ވެއެވެ.
ޒަމްޢަތު އަޙްމަދު ވަޙީދު އަކީ މީޑިޔާ އާއި މީޑިޔާ ހިންގުމުގައި 2006 ވަނަ އަހަރުން ފެށިގެން ޢަމަލީ ގޮތުން ހަރަކާތްތެރި ވެވަޑައިގެންފައިވާ ފަރާތެކެވެ.