April 18, 2026
Advertisement
ޕީއެންއެފް ޖަލްސާގައި މަލީހު ވާހަކަ ދައްކަވަނީ
ޕީއެންއެފް ޖަލްސާގައި މަލީހު ވާހަކަ ދައްކަވަނީ / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

ޒަމާނުއްސުރެ މީހުން އިހުސާސު ނުކުރާހާ ދަތި ކަމަކާއި ރާއްޖެ ކުރިމަތި ލައިފި: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Jun 19, 2025, 12:02 AM
މާލެ ސިޓީ

ޒަމާނުއްސުރެ މީހުން އިހުސާސު ނުކުރާހާ ދަތި ކަމަކާއި ރާއްޖެ ކުރިމަތި ލައިފި ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ، މިއަދު ގައުމުގެ ވަޒީރުންގެ މަޖިލީހެއް އޮތީ ނަމެއްގައި ކަމަށާ އެ ބޭފުޅުންނަށް މަގާމު ދީފައިވަނީ މޮހޮނަށް އޮޑިދިން އުސޫލުން ކަމަށެވެ. އެގޮތުން އިކޮނޮމިކު ކައުންސިލުންވެސް ކަމެއް ނިންމެނީ ސިދާ ރައީސް ޑރ މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ކަމަށްވަނީ ނަމަ ކަމަށާ ފަރސްޓް ލޭޑީ ރުހޭ ނަމަ އެކަމެއް ފާސްވާނެ ކަމަށެވެ.

މަލީހު ވިދާޅުވީ ރާއްޖޭގައި މިވަގުތު ދިވެހި ފައިސާ ދައުރު ނުވާ ކަމަށާއި، އަދި ރާއްޖޭގައި ކެޕިޓަލް އެއްވެސް އިންވެސްޓްމެންޓްއެއް ނުކުރާ ކަމަށެވެ. ވީއިރު މިގައުމުގައި ހުރި ފައިސާ ކޮބައި ކަމާއި މެދު ސުވާލު އުފެދޭ ކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

މަލީހު ވަނީ ރައީސް މުއިއްޒުގެ ދޯހަޅި ހޮޅި ސިޔާސަތުގެ ދަށުން 700 މިލިއަން ޑޮލަރު އެމްއެމްއޭއަށް މާރުކުރި ކަމަށް ސަރުކާރުގެ ބޮޓުން މެދުވެރިކޮށް ބުނަމުންދާއިރު ޑޮލަރުގެ އަގު ތިރިނުވެގެން އުޅޭ ސަބަބާ މެދު ސުވާލު އުފައްދާވަފައެވެ. އެކަމުގައި ސަރުކާރުން ޖަވާބުދާރީވުމަށް މަލީހު ގޮވާލައްވާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved