theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް ޔާމީން / ތޭރަ އޮންލައިން
ސިޔާސީ
ދާއޫދު ވަކިކުރުން ރަގަޅު، އަމީންއާ އިހުސާން މަގާމުގައި ދެމިތިބުމުން ސުވާލު އުފެދޭ: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
19 ޖޫން 2025
މާލެ ސިޓީ

މާލެގޭ ގެއެއްގެ މަތިން 18 އެޕްރިލު ގައި އަންހެނަކު ވެއްޓުނު މައްސަލައިގައި ދޮގު ބަޔާން ދިން ކަން ހާމަވެފައިވާ ދާއޫދު ޒިލާލު މަގާމުން ވަކިކުރުން ރަގަޅު ކަމަށާ ނަމަވެސް ހަމަ އެ ރިޕޯޓުގައި ހޯމް މިނިސްޓަރު އަލީ އިހުސާން އާ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންއާ ގުޅިގެން ވެސް ކަންކަން ފާހަގަކޮށްފައިވާ ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ފިޔަވަޅެއްް ނާޅުއްވާ ސަބަބާ މެދު ސުވާލު އުފެދޭ ކަމަށާ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ހޯމް މިނިސްޓަރު ދާން ނުޖެހޭ ތަނަކަށް ނުވަތަ ހޯމް މިނިސްޓަރުގެ މެންޑޭޓުގައި ނުހިމެނޭ ކަންކަމަށް އިހުސާން ޔުމްނުގެ މައްސަލައިގައި އެޓެންޑްވެފައިވާކަން ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ސަސްޕެކްޓުގެ އާއިލާއާ މައްސަލައާ ގުޅިގެން މުއާމަލާތްކޮށްފައިވާކަން ހާމަވެފައިވާ ކަމަށާ މިނިސްޓަރު އަމީން އާ ގުޅިގެންވެސް ކަންކަން ފާހަގަކުރައްވާފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އަމީން ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއަށް ގުޅިކަމާ އެކަމުގައި އަމީން އެއްވެސް މަގްސަދެއްގައި އޭރުގެ ސީޕީއަށް ގުޅުން ގޯސްއިރު އެކަންކަން ރިޕޯޓުގައި ފާހަގަކުރި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އެކަމުގައި އެ ދެ ވަޒީރުންނާ ސުވާލުކޮށް ޖަވާބުދާރީ ނުކުރުވާ ސަބަބާ މެދު ރައީސް ޔާމީން ސުވާލުއުފެއްދެވިއެވެ.

ރިޕޯޓުގައި އެބަވޭ ފާހަގަކޮށްފައި އެތަނަށް ހޯމް މިނިސްޓަރު ދިޔަ ދިއުން. މީ އެދެވިގެންވާ ކަމެއް ނޫނޭ އޭނާ ދާން ޖެހޭ ތަނެއް ނޫނޭ. މިއީ ޕޮލިސްގެ މަސައްކަތެއް. މީނަމީ ޕޮލިސް އޮފިސަރެއް ނޫން. މީނަ އެތަނަށް ދިޔަ ދިއުން މުނައްވަރު އެ އޮތީ ހައިލައިޓު ކުރައްވާފައި. މިކަމާ ދޭތެރޭ ފިޔަވަޅު އަޅަން ޖެހޭ މީހަކީ ރައީސުލްޖުމްޖޫރިއްޔާ. އަމީން ޕޮލިސް ކޮމިޝަނަރއަށް ފޯނު ކުރި ކުރުން. އެއީކީ އެދެވިގެންވާކަމެއް ނޫނޭ، ކޮށްގެން ވާނެ ކަމެއް ނޫނޭ. އެކަމަކު މި ދެއްކި ވާހަކައިގެ ތަހުގީގަށް އެބައި ބައެއް ނުދޭ. އެކަމު މި ދެމީހުން ކުރި ކަންތައް އެއީ ގޯސްކަންތަކެއްކަން މުނައްވަރުގެ ރިޕޯޓުގައި ވަރަށް ސާފު އިބާރާތުން އެއޮތީ ވިދާޅުވެފައި. މުނައްވަރަށް ދެއްވާފައި އޮތް މެންޑޭޓަށް ވުރެ ދުރަށް އެބަދޭ ދެން އިތުރު ކަންކަން ބެލުން. އެކަމު މުނައްވަރު މިއޮތީ އެކަން ހައިލައިޓުކޮށްފައި. އެހެންވިމާ ޒިންމާއާ ޒިންމާ ހަވާލުކުރާ މީހާއާ މިކަންކަމަށް ބަލާކަމުގައި ވަނީނަމަ މި ދެމީހުންނާ ސުވާލުކުރަން މިކަން ބަލަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ. ރައުދުގެ ބޭބެ ދެ ތަނަށް ދެ ބަޔާން ދިނީމަ ފޮރުވަން ކަންތައްތަކެއް އުޅޭކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވާތީ، މުއިއްޒު އޭނަ މަގާމުން ވަކިކުރީ. ވެލް އެންޑް ގުޑް. އެކަމު މި ދެ ވަޒީރުން ބެހެން ނުޖެހޭ ކަމަކާ ބެހުނީމަ ކޯޗެއް ފޮރުވަންހޭ މި ދެމީހުން އުޅުނީ. އެ ސުވާލު ހަމަ އުފެދޭ ނޫންތޯ؟ މުނައްވަރު އެ އުފައްދަނީ އެ ސުވާލު. އެެހެންވީމަ މިހާ ހިސާޞުން އެބަޖެހޭ ސުވާލު ކުރަން. މި މީހުން މިކުރީ ކޮށްގެން ނުވާނެކަންކަން.

- ރައީސް ޔާމީން

ރައީސް ޔާމީން ވަނީ މި މައްސަލައިގައި އެންމެ ހިތާމަ ކުރަނީ ޔުމްނުގެ ބަހެއް ނުލިބުން ކަމަށާ ކޮމިޝަނުންވެސް އެކަމަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved