March 18, 2026
Advertisement
އީރާނުން ފޮނުވާލި މިސައިލް ހަމަލާތަކެއްގައި ސަހްޔޫނީންގެ ވެހިކަލްތަކަށް ވަރަށް ބޮޑަށް ގެއްލުންވެފައި.
އީރާނުން ފޮނުވާލި މިސައިލް ހަމަލާތަކެއްގައި ސަހްޔޫނީންގެ ވެހިކަލްތަކަށް ވަރަށް ބޮޑަށް ގެއްލުންވެފައި. / އަލްއަރަބިއްޔާ

ގިނަ އަދަދެއްގެ ޔަހޫދީން ސައިޕްރަސް އަށް ހިޖުރަކުރަން ފަށައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 20, 2025, 05:42 AM
މާލެ ސިޓީ

ސަހްޔޫނީން ދުވަހަކު ވެސް ހީނުކުރާހާ ބާރަށް ހަލުވި ކޮށް އީރާނުން އެމީހުންގެ ވަޒަނަށް ހަމަލާ ދޭން ފެށުމުން ގޮތް ހުސްވެ ސަހްޔޫނީން ވެރިވެ ގަނެފައިވާ ބިމުން ފައިބާ އެހެން ގައުމުތަކަށް ދާން ފަށައިފި އެވެ.

Advertisement

އެގޮތުން ސަހްޔޫންނީން މިހާރު އެންމެ ގިނައިން ހިޖުރަކުރަން ފެށި އެއް ގައުމަކީ ސައިޕުރަސް އެވެ.

ހުކުރު ދުވަހު އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކުގެ ރައްދުގައި އީރާނުންވެސް ހަމަލާތައް ދޭން ފަށާފައިވާއިރު، ދެ ގައުމުގެ މުހިންމު ސިޓީތައް ސުންނާފަތިވެ, އާންމުންގެ އެތައް ބަޔަކު މަރުވެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެ އެވެ.

ހަމަލާތައް ބަދަލުކުރާތާ، ފަސް ދުވަސްވެފައިވާއިރު އީރާނުން ގާތްގަޑަކަށް 224 މީހުން މިހާތަނަށް ވަނީ ޝަހީދުވެފައެވެ. ސަހްޔޫނީންގެ މަރުވެފައި ވަނީ 24 މީހުންނެވެ.

މަރަށް ބިރުން ސަހްޔޫނީންގެ މީހުން މިހާރު ވެސް ވަދެ ތިބީ ބިންގަރާހުގައި އެވެ. ސަހްޔޫނީން ކުރިން ލަފާ ކުރި ގޮތާއި ހިލާފަށް މިހާރު ސަހްޔޫނީން ހިސޯރުކޮށް އާބާދުކުރި "ދުނިޔެ" މިހާރު ވަނީ ބިމާ ހަމަވާން ކައިރި ވެފައި އެވެ. އީރާނުން ސަހްޔޫނީންނަށް ދެމުން އަންނަ ހަމަލާތަކުގައި އެމީހުންގެ ގެދޮރު ގެއްލުނު މީހުންގެ އަދަދު 6،000 އަށް އަރައިފި އެވެ. ހަނގުރާމައަށް ފިލަން މަރަށް ބިރުން ބިންގަރާހުގައި ގިނަ ދުބަހު ތިބުމަކީ އެވެރިންނަށް ކުޅަދާނަ ކަމަކަށް ނުވާތީ މިހާރު ވަނީ އެކި ގައުމުތަކަށް ދާން ފަށައިފަ އެވެ.

މުރާސިލުން ދެކޭ ގޮތުގައި އިރާނުގެ ރޭވުންތައް ދަނީ މަޑުމަޑުން ކާމިޔާބުވަމުންނެވެ. އިރާނުން އަމަލުކުރާ އުސޫލަކީ ހަނގުރާމައިގެ ކުރީކޮޅު އާދައިގެ މިސައިލްތަކެއް ފޮނުވާލައިގެން އިޒުރޭލުގެ މިސައިލް ދިފާއީ ނިޒާމު ފުނޑާލުމެވެ. އަދި އޭގެފަހުން ބާރުގަދަ މިސައިލްތައް އިޒުރޭލަށް ފޮނުވާލުމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved