

ސަހްޔޫނީންގެ ވެރިންނަށް ފާނޑުކިޔާ އެމީހުންގެ ބަސް ނާހާ ކޮންމެ ގައުމަކާއި ދެކޮޅަށް ސަހްޔޫނީންގެ "ބައްޕަ" އެމެރިކާ ބައިވެރިވެގެން އަބަދުވެސް ހަނގުރާމަ އިއުލާން ކުރަނީ ނުރައްކާތެރި ހަތިޔާރި ގެން ގުޅޭ ކަމަށް ބުނެ އެވެ.
އެގޮތުން މިއަދު ސަހްޔޫނީން ބިރުދައްކަނީ އިސްލާމީ ގައުމެއްކަމަށްވާ އީރާން އަށެވެ. އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމު ފުނޑާލާނެކަމުގެ ބިރެވެ. ސައްދާމު ފަދައިން ހާމަނާއީ ޝަހީދުކޮށްލާނެ ކަމުގެ އިންޒާރެވެ. ނަމަވެސް އިހުގެ އިރާގާއި މިހާރުގެ އީރާން، ވަރަށް ތަފާތެވެ. ބާރުގެ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުންނެވެ. ހުޅަނގުގެ އަނިޔާވެރިކަމާ ބޭއިންސާފާއި ޕްރޮޕަގެންޑާތަކާ ކުރިމަތިލުމުގެ ތަޖުރިބާގެ ގޮތުންނެވެ.
އެގޮތުން އިރާގު ސުންނާފަތިކޮށް އީރާންގެ ވެރިކަން ވައްޓާލާ އެގައުމުގެ ސިޔާސީ ވެރިންނަށް އަނިޔާވެރިވެ އެމެރިކާ އިސްވެ ދުނިޔެއަށް ދެއްކީ ނިކުލިޔަ މިނަމެވެ. ނަމަވެސް ދުނިޔޭގެ ވެރިންނަށް އިރާގުގެ ބިމުން ފެނުނު ނިއުކުލިއަ މަރުކަޒެއް ނެތެވެ.
އެމެރިކާ އަދި ގުޅިފައިވާ ކޯލީޝަނުގެ ސިފައިން ޑިސެމްބަރު، 2003 ގައި އިރާގުގައި 1979 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރެއްވި ލީޑަރު ސައްދާމު އަތުލައިގަތުމަށް ފަހު ބޭއިންސާފު ޝަރީއަތް ހިންގާ ސައްދާމު ހުސައިން ދަންޖައްސައި އަވަހާރަ ކޮށްލާފައިވަނީ 2006 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ. ސައްދާމުގެ ކުށަކަށް ސަހްޔޫނީން ބުނީ ނިއުކުލިއާ ހަތިޔާރު އެފެއްދުމަށް ޔުރޭނިއަމް ފައްކާ ކުރުމެވެ. ނަމަވެސް އެފަހުން އެތައް އަހަރެއް ފާއިތުވި އިރު އިރާގުން ފެނުނު ޔުރޭނިއަމް އެއް ނެތެވެ. ނަމަވެސް އެނަމުގައި އަރާ ހަމަލަދީ މުޅި އިރާގް ސުންނާފަތިކޮށް އިގްތިސޯދު ފުޑާލީ އެވެ.
މިއަދު ސަހްޔޫނީން އީރާނުން ބޭނުން ވެގެން އެ އުޅެނީ ވެސް ހަމަ އެ ނަތީޖާ އެވެ. އީރާނުގައި އެގައުމުގެ ނިއުކްލިޔާ ޕްރޮގްރާމު ހިމާޔަތް ކުރުމުގެ ގާބިލްކަން އެބަހުއްޓެވެ. އިސްރާއީލަށް ރައްދު ދެވޭނެ ގާބިލްކަންވެސް އެބަހުއްޓެވެ. އަދި އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމަކީ އިރާގުގައި ހުރިގޮތަށް އެންމެ ނިއުކްލިޔާ މަރުކަޒެއްނޫނެވެ. އީރާނުގެ އެކި ކަންކޮޅުތަކުގައި އެތަށް ރިއެކްޓަރުތަކާއި އެތަށް ލެބޯޓްރީތަކާއި އެތަށް ރީސާޗް މަރުކަޒުތަކެވެ. އެތަށް ސަތޭކަ ނިއުކްލިޔާ ސައެންސްވެރިންނާއި އިންޖިނޭރުންނެވެ.
މިދިޔަ ހަފްތާއެއް ކުރިން ސަހްޔޫނީން އިސްވެ އީރާނަށް ހަމަލާ ދެމުން އެދަނީ ނިއުކުލިއަޔަ ނަމުގައި އެވެ. އަދި އެވެރިންގެ އަމާޒަކީ ސައްދާމު ފަދައިން އީރާނުގެ ލީޑަރު ހާމަނާއީ އެވެ. ސަހްޔޫނީން މިހާރު ސާފުކޮށް އެވާހަކަ ބުނެފި އެވެ. އެމީހުންގެ ސިޔާސީ ވެރިން ބުނާ ގޮތުން ހާމަނާއީ ދުނިޔޭގައި ހުރުން އެއީ އެމީހުން ރުހޭ ކަމެއް ނޫނެވެ. ސަބަބަކީ ހާމަނީ އަކީ ސައްދާމު ހުސެއިން ފަދައިން ސަހްޔޫނީންގެ އިސްތިއުމާރަށް ފާޅުގައި ދެކޮޅު ހައްދަވާ ބޭފުޅެކެވެ. ހާމަނާއީއަކީ އީރާންގެ އަސްކަރިއްޔާގެ ޗީފް ކޮމާންޑަރެވެ. އަދި އެ ގައުމުގެ ރިވޮލިއުޝަނަރީ ކޮމާންޑްގެ ކޮންޓްރޯލް އޮންނަ ހާމަނާއަކީ އީރާންގައި މިވަގުތު ހުންނެވި އެންމެ ބާރުގަދަ ލީޑަރެވެ. ސަހްޔޫނީން މި ދުނިޔެއިން އެންމެ ބިރު ގަންނަ އަދި ޖެހިލުންވާ އިންސާނާ އެވެ.
އެހެން ކަމުން ސަހްޔޫނީން މިއަދު ބޭނުންވަނީ މެދުއިރުމަތީގެ އެންމެ ބާރުގަދަ ގައުމު އީރާން ގަބުރުސްތާނަކަށް ހަދާލުމަށެވެ. އަދި އިރާން ރައްޔިތުން މަގުމައްޗަށް ނެރެ އީރާން ސަރުކާރު ވައްޓާލުމެވެ. މިކަމުގެ މޭސްތިރި އަކީ އެމެރިކާ އެވެ.
އީރާނުގެ ކުރިމަތީ ސަހްޔޫނީންނަށް އަދި ގަދަ ނުވެވި ގެން އުޅެނީ ޕާކިސްތާނު، ޗައިނާ ރަޝިއާ އަދި އުރު ކޮރެއާ ހިމެނޭހެން ދުނިޔޭގެ ބާރުތަކުން އީރާންގެ ފަޅި އިހްތިޔާރު ކުރުމުން ނެވެ.
ކޮންމެ އަކަސް އީރާނަށް ވެސް ސަހްޔޫނީން ހަމަލަ މިދޭން މިފެށީ ނިއުކުލިޔަ ބިރު ދުނިޔެއަށް ދައްކައިގެން ނެވެ. މުހައްލިލުން ބުނާ ގޮތުގައި ސަހްޔޫނީން ބޭނުންވާ ގޮތަށް އީރާން ބަދަލުކޮށްލެވިއްޖެ ނަމަަ ދެން މި ވެރިން ދިމާ ކޮށްލާނީ ޕާކިސްތާނަށެވެ.
ސަބަބަކީ ޕާކިސްތާނަކީ މިވަގުތު މުސްލިމު ގައުމު ތަކުގެ ތެރެއިން ސަހްޔޫނީންގެ ވެރިންނާއި ދެކޮޅަށް ފާޅުގައި ބަސްބުނާ ގައުމަކަށް ވުމެވެ. 1998 ވަނަ އަހަރު ޕާކިސްތާންވަނީ ފާޅުގައި ނިއުކްލިޔާ ހަތިޔާރު ތަޖުރިބާކޮށް ނިއުކްލިޔާ ބާރަކަށް ވެފައެވެ. މިހާރު ޕާކިސްތާނުގައި 180 ވަރަކަށް ނިއުކްލިޔާ ހަތިޔާރު ހުރިކަމަށް ބެލެވެއެވެ. މިއީ އިންޑިއާގައި ހުރިކަމަށް ބެލެވޭ ނިއުކްލިޔާ ހަތިޔާރަށްވުރެވެސް ގިނަ އަދަދެކެވެ.
ސަހްޔޫނީންގެ އިސްތިއުމާރު ފަލަސްތީނުގައި ދެމެހެއްޓުމަށްޓަކައި ސަހްޔޫޏިން ހިންގާ ޓެރަރިޒަމް ގެ އަމަލުތަކަކީ އަމިއްލަ ނަފްސުގެ ދިފާއުގައި ކުރާކަމެއްގެ ގޮތުގައި އިސްރާއިލާއި އިސްރާއީލުގެ ޒަޔަނިސްޓް ފަލްސަފާ ގަބޫލުކުރާ ގައުމުތަކުން ސިފަކުރި ނަމަވެސް ޕާކިސްތާނު ގަބޫލު ކުރާ ގޮތުގައި ފަލަސްތީނު ބިމުން ސަހްޔޫނީން ފައިބަން ޖެހެ އެވެ.