theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް ޔާމީން / ތޭރަ އޮންލައިން
ސިޔާސީ
ޝަރުތު ހަމަނުވާއިރުވެސް ސަލީމު ސުޕްރީމު ކޯޓަށް އައްޔަންކުރުމުން ރައީސް މުއިއްޒު ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވާކަން ނިކަން ރަގަޅަށް ހާމަވޭ: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
20 ޖޫން 2025
މާލެ ސިޓީ

ހައިކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި މުހައްމަދު ސަލީމު ސުޕްރީމު ކޯޓަށް ޝަރުތު ހަމަނުވާއިރުވެސް އެ ކޯޓަށް އައްޔަންކުރުމުން ރައީސް ޑރ މުހައްމަދު މުއިއްޒު ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވާކަން ނިކަން ރަގަޅަށް ހާމަވެއްޖެ ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން މަޖާޒީ ގޮތަކަށް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޖުޑިޝިއަރީއަށް ނުފޫޒު ނުފޯރުވާ ކަމަށާ ނުވެސް ފޯރުވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވީ ނަމަވެސް އެމަނިކުފާނުގެ އަމަލުފުޅުން ފެންނަނީ އެއާ މުޅިން ދިމާ އިދިކޮޅު ކަންކަން ކަމަށެވެ.

އެގޮތުން އެމަނިކުފާނުގެ އިސްތިއުނާފު ހައިކޯޓުގައި ޕާކުކޮށް އަތޮޅު ތެރޭގައާ އަދި ރާއްޖެއިން ބޭރުގައިވެސް ޗުއްޓީ ނަންގަވައިގެން ގޮސް ސަލީމު އުޅުއްވިކަން އޭރުގެ ޕީޕީއެމް / ޕިއެންސީގެ ހުރިހާ އެންމެންނަށްވެސް އެނގޭ ކަމަށާ އަދި އެކަމުގައި އަޑީގައި ޕީޕީއެމް / ޕީއެންސީގެ ބައެއް ވެރިންވެސް ތިބި އިރު ސަލީމު ސުޕްރީމު ކޯޓަށް އައްޔަންކުރުމުން ރައީސް މުއިއްޒުގެ ބައިވެރިވުންވެސް އެމަނިކުފާނުގެ މައްސަލަ ލަސްކުރުމުގައި އޮތްކަން ވަރަށް ރަގަޅަށް ހާމަވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ ސަލީމުއަކީ ސުޕްރީމު ކޯޓުގެ ބެންޗަށް އައްޔަންކުރަން ޝަރުތު ވެސް ހަމަނުވާ ބޭފުޅެއްކަން ފާހަގަކުރައްވާ އެހެން ނަމަވެސް ސަލީމު އެ ކޯޓަށް އައްޔަންކުރުމުން ރައީސް މުއިއޒު ޖުޑިޝިއަރީއަށް ނުފޫޒު ނުފޯރުވާކަން ވަރަށް ރަގަޅަށް ހާމަވާކަމަށް ވިދާޅުވެ، ރައީސް މުއިއްޒު ޖުޑީޝިއަރީއަށް ނުފޫޒު ނުފޯރުވަމޭ ވިދާޅުވާ ވިދާޅުވުމަށް މަޖާޒީ ގޮތަކަށް ރައްދު ދެއްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒު އެމަނިކުފާނު ޖަލަށް ނުލާކަމަށް ސަރުކާރު ޕްރޮމޯޓުކުރާ ފަރާތްތަކުން ބުނާތީ އެކަމާ މެދު ހައިރާންވެވަޑައިގަންނަވާ ކަމަށާ އެހެނީ ރައީސް މުއިއްޒު އެމަނިކުފާނު ޖަލުން މިނިވަންކުރަން ކުރި ކަމެއް އޮތްކަން އެނގިވަޑައިނުގަންނަވާތީ ކަމަށެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު، ސަލީމު ސުޕްރީމު ކޯޓަށް ކުރިމަތިލެއްވީވެސް ސިީދާ ރައީސް މުއިއްޒުގެ އެންގެވުމަކަށް ވެއެވެ.

ސަލީމު ސުޕްރީމު ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވީ އަމިއްލަ އިސްނެންގެވުމާ އެކު ނޫން ކަމަށެވެ. އެގޮތުން ސަލީމު ސުޕްރީމު ކޯޓަށް ކުރިމަތިލުމަށް ރައީސް މުއިއްޒު އެންގެވީ ފޯނުން ގުޅުއްވާ އަދި އެއަށް ފަހު ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްލަމް މެދުވެރިކޮށް މެސެޖު ޕާސްކުރައްވައިގެން ކަމަށްވެއެވެ.

ބިލެއްދޫ ދާއިރާގެ މެމްބަރު އަސްލަމަކީ ފަނޑިޔާރު ސަލީމުގެ އެއްބަޑު އެއްބަފާ ބޭބޭފުޅު ކަމަށާ ސަލީމު, ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފު ލަސްކުރި ކުރުމުގެ އިނާމެއްގެ ގޮތުން ސަލީމަށް ފަނޑިޔާރުކަން ދެނީ ކަމަށް ވެސް އެ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

ސަލީމަކީ ސުޕްރިމު ކޯޓުގެ ފަނޑިޔާރުކަމަށް ޝަރުތު ވެސް ހަމަނުވާ ބޭފުޅެކެވެ. ނަމަވެސް ރައީސް ޔާމީންގެ ރިޔާސީ ކެންޑިޑެންސީ ބާތިލު ވަންދެން ސަލީމު ރާއްޖެއިން ބޭރުގައި މަޑު ކުރެއްވި ކުރެއްވުމުގެ ބަދަލެއްގެ ގޮތުގައި ސުޕްރީމު ކޯޓުގެ ފަނޑިޔާރުކަން ދެއްވަން ރައީސް މުއިއްޒު ނިންމެވީ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ހުސްވެފައިވާ ދެ މަގާމަށް ގެންނަން ޖޭއެސްސީއިން އިސްކަންދެނީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު ކަމަށް ނިންމައި، އެގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދޭން މިއަދު އޮތް ބައްދަލުވުމުގައި ނިންމާފައިވެއެވެ. މިގޮތަށް ނިންމީވެސް ސީދާ ރައީސް މުއިއްޒުގެ އެންގެވުމަކަށް ވެއެވެ.

ޖޭއެސްސީގެ ބައެއް މެންބަރުން ދެކޭ ގޮތުގައި ސަލީމްގެ ކިބައިގައި ގާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ނ)ގައި ބުނާ އެއް ޝަރުތު ފުރިހަމަނުވެއެވެ. މާއްދާ ބަޔާންކޮށްފައިވާ ގޮތުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރާ ކޮންމެ މީހަކީ އުމުރުން 30 އަހަރު ވެފައިވު މާއެކު ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މި ދެ ކަމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށެވެ.

ސަލީމު އަކީ ރާއްޖޭގެ އެއްވެސް ކޯޓެއްގައި އެއްވެސް މުއްދަތަކަށް ވަކީލުކަން ކުރައްވާފައިވާ ބޭފުޅެއް ނޫނެވެ. ހަމަ އެހެންމެ ސަލީމު ފަނޑިޔާރުކަން ކުރައްވާތާ އަދި ވެފައިވަނީ ތިން އަހަރެވެ. އޭނާ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރީ 2022 ވަނަ އަހަރުގެ ތެރޭގައެވެ.

ސަލީމު އޭގެ ކުރިން މަސައްކަތްކުރެއްވީ ހައި ކޯޓުގެ ލީގަލް އޮފިސަރެއްގެ ގޮތުގައެވެ. އެ މަގާމުގައި 12 އަހަރު ހޭދަ ކުރެއްވާފައިވެއެވެ.


ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ނުފޯރުވާނެ ކަމަށާ ރައީސް ޔާމީންއަށް ނުހައްގުން ހުކުމް ކުރި ފަނޑިޔާރުންނަށާ އަދި އަނިޔާވެރިވީ ފަނޑިޔާރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެ ވެރިކަމަށް އައިސް ޕީއެންސީގެ ސަރުކާރުން ވީ ހަރާންކޯރު ކަމަށް ގިނަ ދިވެހި ރައްޔިތުން ބުނަމުން ދެއެވެ. އެގޮތުން ރައީސް ޔާމީންގެ ޝަރީއަތަށް އޭރުގެ ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުގެ ތެރެއިންވެސް ނުފޫޒު ފޯރުވިކަން އެނގިފައިވާކަމަށް ރައީސް ޔާމީން ވެސް ވިދާޅުވެފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved