March 26, 2026
Advertisement
ޔޯގާ ދުވަސް ރާއްޖޭގައި ފާހަގަ ކޮށްފި
ޔޯގާ ދުވަސް ރާއްޖޭގައި ފާހަގަ ކޮށްފި / އިންޑިއަން ކަލްޗަރ ސެންޓަރ

އިންޑިއާ އެދުނު ގޮތަށް ޔޯގާ ޑޭ މުއިއްޒު ސަރުކާރުން ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކޮށްދީފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 21, 2025, 07:06 PM
މާލެ ސިޓީ

އިންޑިއާ ހިތް ރުހޭ ގޮތަށް ބައިނަލްއަގްވާމީ ޔޯގާ ދުވަސް، ރާއްޖޭގައި ރައީސް މުއިއްޒު ސަރުކާރުން ކުލަގަދަކޮށް ފާހަގަކޮށްދީފި އެވެ.

Advertisement

ތާޖު މޯލްޑިވްސް ރިސޯޓުގައި 11 ވަނަ ޔޯގާ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފައި ވަނީ އިންޑިއާ ހައި ކޮމިޝަންގެ އިސް ނެގުމުގެ މަތިންނެވެ.

އިންޑިއާ އެމްބަސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި، ތާޖް ރިސޯޓުގައި ބޭއްވި މި ހަރަކާތް ޝަރަފުވެރިކޮށްދެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރެވެ. އަދި މި ހަރަކާތުގައި 500އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އެ ޕޯސްޓުގައި ފާހަގަކޮށްފައިވެ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އެމްޑީޕީ ސަރުކާރުގައި ޔޯގާ ދުވަސް ފާހަގަކުރުމާ ގުޅިގެން ބޮޑު ހަމަނުޖެހުމަކަށް ގޮސްފައިވެ އެވެ. އެއީ 2022 ވަނަ އަހަރު ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވަން ހިންގި ހަމަނުޖެހުމެކެވެ.

އަދި ޔޯގާ ހަރަކާތަކީ ބޮޑު މުންކަރާތެއްކަމަށް ދެއްކުމަށް މިހާރު ވެރިކަމުގައި ތިބި މީހުން ކުރިން އިދިކޮޅުގައި ތިބެގެން ވަރަށް މަސައްކަތް ކުރެއްވި އެވެ. ނަމަވެސް ވެރިކަން ލިބުމުން މުޅި ރާއްޖެ "އިންޑިއާ ޔޯގާ" އަށް މިހާރު ވަނީ ހާއްސަކުރެވިފައި އެވެ. ހުރި ހިތާމައެއްގެ ބޮޑު ކަމާއި އެވެ.

މި ހަމަ ނުޖެހުމުގައި މި ސަރުކާރުގެ އިސްމަގާމުތަކުގައި މިހާރު ވެސް ތިބި މީހުން ބައިވެރިވި އެވެ. އަދި އެމީހުންގެ މައްޗަށް ދައުވާ ވެސް ކުރީ ސަރުކާރުން ކުރި އެވެ. ނަމަވެސް މި ސަރުކާރުން މިފަހުން ވަނީ އެ ދައުވާތައް އަބުރާ ގެނެސްފައި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved