theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މެމްބަރު މީކާއިލް / އަދަދު
ހަބަރު, ސިޔާސީ
ހަނގުރާމައިގެ ސަބަބުން ދިމާވާ ދަތިތަކުން ރާއްޖެ ސަލާމަތް ވުމަށް އަޅާނެ ފިޔަވަޅުތައް ދެނެގަންނަން ގަރާރެއް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
23 ޖޫން 2025
މާލެ ސިޓީ

އިޒްރޭލް-އީރާން ހަނގުރާމައިގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ކުރިޔާލާ އަޅަންޖެހޭ ފިޔަވަޅުތަށް އަޅަމުންގެންދޭތޯ ކަށަވަރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

މި ގަރާރު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހުމަދު ނަސީމް އެވެ.

މީކާއިލް ގަރާރުގައި ވިދާޅުވީ މި މަހުގެ 13ގައި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އިޒްރޭލުން އީރާނަށް ދިން ކުއްލި ހަމަލާތަކުގެ ރައްދުގައި އީރާނުން ދޭން ފެށި ހަމަލާތަކާ އެކު، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމަ އިތުރު ގައުމުތަކަށް ފެތުރި، ދިގުދެމިގެން ދިއުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށެވެ.

މި ގަރާރުގައި ވަނީ މި ހަނގުރާމަ ދިގުލައިގެން ގޮސްފި ނަމަ، އަސާސީ ހިދުމަތްތަކަށް ބޭނުންވާ ތެލާއި ގޭސް ފަދަ ތަކެތި މެދުނުކެނޑި އެތެރެކުރެވޭނެކަން ކަށަވަރުކުރަން ޖެހޭ ކަމަށެވެ. ބޭހާއި ކާޑުގެ ބާވަތްތަކާ އަދި ތުއްތުކުދިންގެ ކާނާ ފަދަ ކޮންމެހެން ބޭނުންވާ ތަކެތި ހުސްނުވެ ލިބެން ހުންނާނެކަން ކަށަވަރުކުރުމަށް ފިޔަވަޅުތަކެއް އެޅުން ވެސް މުހިންމު ކަމަށް ގަރާރުގައިވެ އެވެ.

ހަނގުރާމައިގެ ސަބަބުން އަދި ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރަށް ބުރޫއެރުމުގެ ސަބަބުން އެންމެ ފުރަތަމަ އަސަރުކުރާ ސިނާއަތަކީ ޓޫރިޒަމް،

- މީކާއީލް

ގަރާރުގައި ވަނީ އަސާސީ ހިދުމަތްތަކަށް ބޭނުންވާ ތެލާއި ގޭސް ފަދަ ތަކެތި މެދުނުކެނޑި އެތެރެ ކުރެވޭނެކަން ކަށަވަރު ކުރުމާއެކު ބޭހާއި ކާޑުގެ ބާވަތްތަކާއި އަދި ތުއްތުކުދިންގެ ކާނާ ފަދަ ކޮންމެހެން ބޭނުންވާ ތަކެތި ހުސްނުވެ ރައްޔިތުންނަށް ލިބެން ހުންނާނެކަން ކަށަވަރު ކުރުމަށްޓަކައި ފިޔަވަޅުތައް އެޅުމަކީ ސަރުކާރުގެ މައްޗަށް ލާޒިމު ކަމެއް ކަމަށް ބުނެފަ އެވެ.

މި ގަރާރު ހުށަހެޅީ "ދިވެހިރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި" މި އޮތް ހާލަތުގައި އަންނަން ހުރި ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުން ދުރާލައި އަޅަންޖެހޭ ފިޔަވަޅުތަކާ ދޭތެރޭގައި ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތް ހާމަކުރުމަށްޓަކައި ވަނީ ބުނެފަ އެވެ.

މެދުއިރުމަތީގައި ފެށުނު މި ހަމަލާތަކާ އެކު ދުނިޔޭގެ އިގްތިސާދަށް ވެސް އަންނަނީ ލޮޅުން އަރަމުންނެވެ. ބޭރު ދުނިޔޭގައި ހިނގާ މިފަދަ ކަންކަމުގެ އަސަރު މީގެ ކުރިން ވެސް ރާއްޖެއަށް ވަނީ ފޯރާފަ އެވެ. ތަޖުރިބާކާރުން މިފަހަރު ވެސް ލަފާކުރަނީ އެކަން ތަކުރާރު ވާނެ ކަމަށެވެ.

ހަމަލާ ދޭން ފެށުމާ އެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލިފަ އެވެ. މިކަމުގެ އަސަރު ދިވެހިންނަށް ކުރާނެ ކަމަށް މިހާރު ވަނީ ބެލެވެން ފަށައިފަ އެވެ. އެގޮތުން ވިޔަފާރި މުދަލުގެ އަގު މިހާރު ވެސް ވަނީ ބޮޑުވަން ފަށައިފަ އެވެ. އަދި ޑޮލަރު ލިބުން ވަނީ ވަރަށް ދަތިވެފައި އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved