March 28, 2026
Advertisement
އިންތިހާބުތަކެއް ބޯމަތިވެފައި އޮއްވާ އާރުޑީސީގެ މުވައްޒަފުންނަށް ޕްރޮމޯޝަންދޭ މައްސަލަ މަޖިލީހަށް!
އިންތިހާބުތަކެއް ބޯމަތިވެފައި އޮއްވާ އާރުޑީސީގެ މުވައްޒަފުންނަށް ޕްރޮމޯޝަންދޭ މައްސަލަ މަޖިލީހަށް! / ސޯޝަލް މީޑިއާ

އިންތިހާބުތަކެއް ބޯމަތިވެފައި އޮއްވާ އާރުޑީސީގެ މުވައްޒަފުންނަށް ޕްރޮމޯޝަންދޭ މައްސަލަ މަޖިލީހަށް!

Mariyam Isaadha
މަރިޔަމް އިސާދާ
Mar 27, 2026, 03:59 PM

ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓު (ރެފެރެންޑަމް) އާ ދިމާކޮށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ޕްރޮމޯޝަން ދެމުންދާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

Advertisement

މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަ ޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށް މައްސަލަ ހުށަހެޅީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ.

މީކާއިލް ހުށަހެޅުއްވި މައްސަލައިގައި ބުނެފައވަނީ އާރްޑިސީން ހަމައެއް ލަމައެއް ނެތި ޕްރޮމޯޝަންތައް ދޭ މައްސަލައިގައި މައުލޫމާތުތައް ހޯދުމަށް އެދޭ ކަމަށެވެ. އޭނާ ހޯދަން އެދުނު މައުލޫމާތުގެ ތެރޭގައި ހިމެނެނީ، އާރްޑީސީގެ އެޗްއާރް ޕޮލިސީ އާއި އޯގަނައިޒޭޝަން ސްޓްރަކްޗާ، މޭން ޕަވާގެ ތަފްސީލް، ޖޮބް ކްލެސިފިކޭޝަން ފްރޭމްވޯކް، ބަޖެޓުގެ ތަފްސީލް، ޕްރޮމޯޝަން އަދި ހެޑް ހަންޓް، ކުރީގެ އާރްޑީސީ މުވައްޒަފުންގެ ރެކޯޑު، އެމްޑީސް ބިއުރޯ ޑިވިޝަންގެ މުވައްޒަފުންގެ ތަފްސީލެވެ.

މީގެއިތުރުން ހެޑް އޮފް ޑިޕާޓްމަންޓް އަދި ސެކްޝަން ހެޑުންގެ ތަފްސީލާއި މުވައްޒަފުންނާއި ޕްރޮމޯޝަންގެ ތަފްސީލާއި، އިންފޮމޭޝަން އޮފިސަރާއި ރިސްކް މެނޭޖްމަންޓްގެ ތަފްސީލާއި، ކޮމިޓީތަކާއި ބޯޑުގެ ނިންމުންތަކުގެ އިތުރުން އޮޑިޓް ރިޕޯޓުތައް ހޯދުމަށްވެސް މީކާއިލް އެދިފައިވެއެވެ.

ހަމައެހެންމެ މިކަމާ ގުޅޭ މައްސަލަ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ބަލައި ދިނުމަަށާއި އަދި ވީހައިވެސް އަވަހަށް ކޮމިޓީގެ ބައްދަލުވުމެއް ތާވަލުކޮށްދިނުމަށް ވެސް އޭނާ ވަނި އެދިފައެވެ.

މިފަދަ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައި މިވަނީ އިންތިހާބާ ދިމާކޮށް 170އަށް ވުރެ ގިނަ މުވައްޒަފުން އާރުޑީސީއަށް އެކނި ނަގަން ސަރުކާރުން އިއުލާންކޮށްފައިވާ ވެސް ވާ ދަނޑިވަޅެއްގައެވެ. އާރުޑީސީގެ އިތުރުން ފެނަކަ އަދި އެފްއެސްއެމް ފަދަ ކުންފުނިތަކަށްވެސް މުައްޒަފުން ހޯދަން އިންތިހާބު ބީމަތިވެފައިވާ އޮއްވާ ވަނީ އިއުލާންކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ ގޮތުގައި އެއީ އިންތިހާބަ ދިމާކޮށް ކުރާކަމެއް ނޫން ކަމަށާ އެއީ މާކުރިން ރޭވިގެން ކުރިއަށް ދާ ކަންކަންކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved