April 5, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

މިސަރުކާރުން ވެރިއަކަށް ޖަލު ހުކުމެއް ނުކުރެވެނީ ސަބަބުތަކެެއް ނެތިއެއްނޫން: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 23, 2025, 08:09 PM
މާލެ ސިޓީ

ރައީސް މުއިއްޒުގެ މިސަރުކާރުގައި ވެރިއަކަށް ޖަލު ހުކުމެއް ނުކުރެވެނީ ސަބަބުތަކެެއް ނެތިއެއްނޫން ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި، ޕީއެންސީ ގެ ޖަލްސާއެއްގައި އަބްދުﷲ ނާޒިމް އިބްރާހީމް ދައްކާފައިވާ ވާހަކައަށް ރައްދު ދެއްވަމުންނެވެ.

މިފަހުން ޕީއެންސީ ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި ހެލްތް މިނިސްޓަރު ނާޒިމް ވިދާޅުވެފައި ވަނީ، މިރައީސް ނޫނިއްޔާ އެހެން ކޮންމެ ރައީސަކުވެސް ވަނީ ކުރީގައި ހުންނެވި ރައީސް ޖަލަށް ލައިފައި ކަމަށެވެ.

ނާޒިމް ގެ މި ވާހަކައަށް ފާޑު ވިދާޅުވެ ރައީސް ޔާމީން ވިދާޅުވެފައި ވަނީ ރައީސް މުއިއްޒު އަށް ކުރީގެ ރައީސް އިބްރާހީމް މުހަންމަދު ސޯލިހުގެ މައްސަލަ ބަލަން ކެރިވަޑައި ނުގަންނަވަނީ، ރައީސް ސޯލިހުގެ މައްސަލަ ބައްލަވާ ކަމުގައި ވަނީނަމަ އެންމެ ފުރަތަ ނުކުންނާނީ ރައީސް ޑރ މުހަންމަދު މުއިއްޒު ގެ މައްސަލަ ކަމަށެވެ.

މުއިއްޒުގެ ފަރާތުން އިހައްދުވަހު މި ޕީބީސީ ޖަގަހައިގަ ވާހަކަ ދެއްކެވި އަބްދުﷲ ނާޒިމް މީ ހަމަޖެހޭ ބޭފުޅެއްކަމަށް އަޅުގަނޑު ގަބޫލުކުރަނީ، އަބްދުﷲ ނާޒިމް ސިޔަރަތެއް ކިޔާހެން ބުނި މިރައީސް ނޫނިއްޔާ އެހެން ކޮންމެ ރައީސަކުވެސް ވަނީ ކުރީގަ ހުރި ރައީސް ޖަލަށް ލައިފައޭ، މިރައީސަށް ކީވެގެން ތޯ އެކަން ނުކުރެވިގެން މިއުޅެނީ މިރައީސަށް ބެލޭނެތޯ އެހެންމީހެއްގެ ކޮރަޕްޝަން މައްސަލަ ނުބެލޭނެ އެހެން ނޫން ތޯ؟ އެހެންވީމަ އިބްރާހީމް މުހަންމަދު ސޯލިހު އާއި ދޭތެރޭ މިރައީސަށް ފިޔަވަޅު އެޅޭނީ އެމައްސަލަ ބަލަން ކެރިގެންނެއްނު! ބަލާއިރަށް އިބްރާހީމް މުހަންމަދު ސޯލިހުގެ ކުރީން މިއަންނަނީ މިރައީސް ގެ ވާހަކަ!

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވަނީ ޤަބޫލު ކުރެވޭ ގޮތުގައި ނާޒިމުމެން ވެސް މިހާރު ބޭނުންފުޅު ވެލައްވަނީ ރައީސް ޑރ.މުއިއްޒު އާއި ދޭތެރޭ ފިޔަވަޅު އަޅަން ކަމުގައާއި އެހެން ނޫންނަަމަ އެފަދަ ވާހަކަތައް ދެއްކުމުގެ މާނައެއް ނެތްކަަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް ނަޝީދަށް ޖަލު ހުކުމް ކޮށްފައި ވަނީ އެމަނިކުފާނުގެ ސަރުކާރުން ކަމުގައި ނާޒިމް ބުނެފައި ވީނަމަވެސް އެއީ އޮޅުމެއް ކަމަށެވެ. އަދި އެހުކުމަކީ ރައީސް ވަހީދު ސަރުކާރުން ކޮށްފައިވާ ހުކުމެއް ކަމަށެވެ. އަދި އެދައުވާ އަކީ އެމަނިކުފާނު ކުރައްވަން ބޭނުންވާ ދައުވާއެއް ނޫން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ގެ ސަރުކާރުގައި ރައީސް މައުމޫން، ޖަލަށް ލާން ޖެހި ވަޑައި ގެންނެވި ސަބަބު ނާޒިމް އަށް އެނގިވަޑައި ނުގަން ނަވާތީ ތޯއެފަދަ ވާހަކަ ދައްކަވަނީ؟ ރައީސް މައުމޫން އަށް ކުރެއްވި ޖަލު ހުކުމަކީ އެންމެނަށްވެސް ވަރަށް ސާފުކޮށް ފެންނަން އޮތް ކަމެއްކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ޕީއެންއެފްގެ ޖަލްސާތަކުގައި ދައްކަމުން ދާވާހަކަތަށް އަޑު އަހާލާނަމަ، ރައީސް ޑރ މުއިއްޒު އަށް އިތުރު ވެރިއަކަށް ޖަލުހުކުމެއް ނުކުރެވޭ ސަބަބު އެގިވަޑައި ގަން ނަވާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved