March 19, 2026
Advertisement
އިސްރާއިލުން ސީރިޔާއަށް ހަމަލާދީފައި
އިސްރާއިލުން ސީރިޔާއަށް ހަމަލާދީފައި / ސޯޝަލް މީޑިއާ

އިސްރާއީލުން ސީރިއާ އަށް ހަމަލާ ދީފި

Aishath Naja
އައިޝަތު ނަޖާ
Feb 22, 2024, 02:16 AM

އިސްރާއީލުގެ ސިފައިން ސީރިއާގެ ވެރިރަށް ދިމިޝްގަށް މިސައިލް ހަމަލާތަކެއް ދީފިއެވެ.

Advertisement

ސީރިއާގެ ސަރުކާރުގެ ހަބަރު ފަތުރާ އެޖެންސީ ކަމަށްވާ ސަނާ ނިއުސް އެޖެންސީން ބުނެފައިވަނީ އިސްރާއީލުގެ އަސްކަރިއްޔާ އިން ވަނީ ދިމިޝްގުގެ ކަފްރް ސޯސާ ޑިސްޓްރިކްޓަށް ހަމަލާތަކެއް ދީފައި ކަމަށެވެ.

އެ މިސައިލް ހަމަލާތައް އަމާޒު ވެފައިވަނީ އާއްމުން ދިރިއުޅެމުން ދިޔަ އެޕާޓްމަންޓް އިމާރާތަކަށް ކަމަށް ވެސް ސަނާ އިން ވަނީ ރިޕޯޓް ކޮށްފައެވެ.

އަދި އެޕާޓްމެންޓެއްގެ ތެރޭގައި ތިބި ދެ މީހުން މަރުވެފައިވާ ކަމަށްވެސް ސަނާ އިން ވަނީ ބުނެފައެވެ.

މީސް މީޑިއާގައި މިހާރު ދަނީ އެ ހަމަލާ އަމާޒުވި އިމާރާތް ފެންނަ ވީޑިއޯ އެއް ދައުރު ވަމުންނެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެ އިމާރާތުގެ ގިނަ ކުޑަދޮރުތަކެއް ވަނީ ތަޅައިގެން ގޮސްފައެވެ. އަދި ބެލްކަނީ ތަކުގައި އަލިފާން ރޯވެ އަދަމުންދާ މަންޒަރު ވެސް ފެނެއެވެ. އަލް ޖަޒީރާ އިން ވަނީ އެއީ އަސްލު ވީޑިއޯ އެއް ކަން ކަށަވަރު ކޮށްދީފައެވެ.

މަންޒަރު ފެނުނު ފަރާތް ތަކުން ބުނެފައި ވަނީ އެމީހުންނަށް އިވުނީ ވަރަށް ބާރަށް އެއްޗެއް ގޮވި އަޑު ކަމަށާއި އޭގެ ފަހުން ބޮޑު އަލިގަނޑެއް އިމާރާތްތަކުގެ މަތިން ފެނުނު ކަމަށެވެ. އަދި ހަމަ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެ ސަރަހައްދަށް އެމްބިއުލާންސް ތައް އަތުވެއްޖެ ކަމަށާއި ސިފައިން ވަނީ އެ އިމާރާތް ހުރި ސަރަހައްދު އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައި ކަމަށް އެމީހުން ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved