theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4،000 ފްލެޓުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒާއި މިނިސްޓަރުން ބައްލަވާލައްވަނީ.-- / ރައީސް އޮފިސް
ހަބަރު
ފަހިދިރިއުޅުން ފްލެޓް ތަކުގައި ސްމޯކް ޑިޓެކްޓަރއެއް ނެތް
Mariyam Ibrahim
މަރިޔަމް އިބްރާހިމް
25 ޖޫން 2025
މާލެ ސިޓީ

ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ފްލެޓުތަކުގައި ސްމޯކް ޑިޓެކްޓަރު ހަރު ނުކޮށް ހުރިކަން ހާމަވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފަހިދިރިއުޅުން ކޯޕަޭޝަނުން އިމާރާތް ކުރަމުންދާ އިމާރާތް ތަކުގެ މަސައްކަތްކުރިއަށްދާ ގޮތް ބެލުމަށް މީގެ ކުރިން އެތަނަށް ދިޔަ އޮފިޝަލަކު ހާމަކޮށްފައިވާ ގޮތުގައި މި ފްލެޓްތައް އިމާރާތް ކުރަމުން ދަނީ އެއިން އެއްވެސް ތަނެއްގައި ސްމޯކް ޑިޓެކްޓަރު ހަރުނުކޮށް ކަމަށެވެ.

މިފަދަ ބޮޑެތި އަދި ހަމައެހެންމެ އެތައްބަޔަކު އެތަނެއް ގައި ދިރިއުޅޭނެ ތަންތަނުގައި ސަލާމަތީ ފިޔަވަޅުގެ ގޮތުން ސްމޯކް ޑިޓެކްޓަރު ފަދަ ވަސީލަތް ހުރުން މުހިންމު ކަން ފާހަގަ ކުރެވެއެވެ. މީގެ ބޭނުމަކީ މީހަކު ނިދާފައި އޮއްވައި ވިޔަސް އަލިފާން ރޯވެއްޖެ ނަމަ، އެކަން ދެނެގަނެ އެލާޓްކުރުމެވެ. އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ވީ އެންމެ އަވަހަކަށް އެތަނުން ނުކުމެ ސަލާމަތްވުމާއި އަލިފާން ނިއްވުމުގެ މަސައްކަތް ވީހާ ވެސް އަވަހަށް ފެށުމަށް އެކަމުން އެހީވެ އެވެ.

ހިޔާފްލެތް އަދި ވިނަރެސް ފްލެޓް ތައްފަދަ ބޮޑެތި ޓަވަރު ތަކުގައި ހުރީ ސްމޯކްޑިޓެކްޓަރ ހަރު ކޮށަފަ އެވެ.

ނަމަވެސް މައުލޫމާތު ލިބުނު ގޮތުގައި ފަހި ދިރިއުޅުމުގެ ފްލެޓުތަކުގައި އެލާމް ސިސްޓަމް ހުރީ، އަލިފާން ރޯވެއްޖެ ނަމަ، ކޮންމެ ފްލޯއެއްގައި އިންނަ ސްވިޗްއަށް މީހަކު ގޮސް ފިތާލައިގެން އެލާމްކުރާ ގޮތަށެވެ. އޭގެ އެހެންކަމުން މުޅި އެ މިމާރާތް ތަކުގެ ފަޔާ ސްޓެރެޓެޖީ މި ޑިޕެންޑު ވާން ޖެހެނީ އިންސާނަކަށް ކަމަށެވެ. ނަމަވެސް މިފަދަ ޒަމާނީ ތަރައްގީތައް ދިވެހިރާއްޖެ އައިސްފައިވާ އިރު ސްމާޓް ޑިޓެކްޓަރ އެއް ނެތުން މަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ.

މިކަމުން ވެސް މި އެނގެނީ ދިވެހިރާއްޖެ ވަރަށް ބޮޑަށް ފަހަތަށް ގޮސްފައި އޮތްކަމެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved