theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މުހައްމަދު މަލީހް ޖަމާލް / ސޯޝަލް މީޑިއާ
ސިޔާސީ
ޒުވާނުންގެ މައްސަލަތައް ހައްލު ނުވެ ސިޔާސަތު ފެއިލްވެއްޖެ: މަލީހު
Mariyam Isaadha
މަރިޔަމް އިސާދާ
25 ޖޫން 2025
މާލެ ސިޓީ

ދިވެހި ޒުވާނުންނަށް ޖެހިފައިވާ ތުރާތަކުން ސަލާމަތްކޮށް އެ ޒުވާނުންނަށް ފަހި ފުރުސަތު ހޯދައިދޭނެ ކަމަށް ބުނެ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތު ފެއިލްވެއްޖެ ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް އަދި ޒުވާނުންގެ ކުރިގެ ވަޒީރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ކުރާނެ މަސްއްކަތެއްނެތި ޒުވާނުން ބިކަވެ މުސްތަގުބަލު ގެއްލި މަގުމަތި ވެއްޖެ ކަމަށާ ރައްޔިތުންގެ ޓެކުސް ފައިސާ ސިޔާސީ ވެރިންނަށް ބަހާލުމުން ޤައުމުގެ މިއަދުގެ ވެރިންގެ ނާޤާބިލްކަން ހާމަވާކަމަށް ބުނެ އާންމު ރައްޔިތަކު އެކްސްގައި ކުރި ޕޯސްޓެއް ހިއްސާކުރައްވާ މަލީހު ވިދާޅުވީ ދިވެހި ޒުވާނުންގެ ޝަރަފާއި އިއްޒަތް އަނބުރާ ހޯދާ ދިނުމަށް ވުރެ ބޮޑު ޒިންމާއެއް ސަރުކާރަށް ނެތް ކަމަށެވެ.

އެހެނީ މިއަދު ޒުވާނުން ކަންކަން މަތީ ބިއްޖެހިފައާ ހޮޅު އަށިތަކުގައި ނިދާފައި ތިބޭ ތިބުމަކީ މަސްތުވުން ނޫން ކަމަށާ އެއީ ނަފްސު ހަލާކުވުން ކަމުގައި ވާތީ ކަމަށެވެ. އެ ފަދަ ގޮތަކަށް ޒުވާނުން ފެންނަމުން ދަނީ ޒުވާނުންގެ މައްސަލަތައް ހައްލުކުރުމަށް ގެންގުޅެމުން އައި ސިޔާސަތުތައް ފެއިލްވެ ސަރުކާރުން ޒުވާނުންނާ މެދު އިހުމާލުވެފައިވާތީ ކަމަށް މަލީހު ތުހުމަތު ކުރައްވާފައިވެއެވެ.

ރައީސް މުއިއްޒަކީ ޒުވާނުންނަކީ އެމަނިކުފާނުގެ މެނިފެސްޓޯގެ އެންމެ މުހިއްމުކަމެއް ދީފައިވާ މީހުންކަމަށާ ޒުވާނުން ގައުމުގެ ހުރިހާކަމެއްގަިއ ވެސް ބައިވެރި ކުރާނެކަމަށް ވިދާޅުވި ރައީސެކެވެ. ނަމަވެސް ވެރިކަމަށް ވަޑައިގެން ވަޒީފާތައް ބަހާލާފައިވަނި އިލްމީ ގޮތުން ނޫން ނަމަވެސް ސިޔާސީ ނުފޫޒު ގަދަ ފަރާތްތަކަށެވެ. އެއާއެކު ގިނަ ޒުވާނުންނަށް މިއަދު ވަނީ އަދާ ކުރާނެ ވަޒީފާއެއް ނެތި ގޮތް ހުސްވެ ބެގް ބޮރޯ ނޫނީ ސްޓީލު ކުރަން ޖެހިފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved