

ހއ. ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލާ އެތަނުގެ މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެ ތެރެއިން އިތުރު ބަޔަކު މިއަދު ވަޒީފާއިން ވަކިކޮށްފި އެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި ބިއްލޫރި ފުޅީގައި ފެންބަންދުކޮށް ވިޔަފާރި އުސޫލުން ހިންގުމަށް ބިނާ ކުރި ކާރުޚާނާގެ މަަސައްކަތް މި ސަރުކާރު އައި އިރު ވަނީ 95 އިން ސައްތަ ނިމިފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ބޮޓްލިންގ ޕްލާންޓުން ފުރަތަމަ 7 މުވައްޒަފުން ވަކި ކުރީ ޖޫން މަހުގެ 11 ވަަނަ ދުވަހުއެވެ. ބުދަ ދުވަހު ވަކި ކުރީ 8 މުވައްޒަފުން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ވަޒީފާއިން ވަކިކޮށް ގެއަށް ފޮނުވާލި މުވައްޒަފުންނަކީ:
1. އައިޝަތު ސައުދާ، ރަތަން / ހއ. ހޯރަފުށި
2. މުހައްމަދު ޝާހީން ،ޑޭޒީމާގެ / ވ. ގެޔޮދޫ
3. އާމިނަތު ހަނާ، ވިލުދޯޅި / ހއ. ހޯރަފުށި
4. އަހްމަދު ޚަލީލް، ރުބީ / ހއ. ހޯރަފުށި
5. ފާތިމަތު ތަސްލީމާ، ހެޕީނައިޓް / ހއ. ހޯރަފުށި
6. ޔުމްނާ އިބްރާހީމް، ހަތިހާ / ހއ. ހޯރަފުށި
7. އާމިނަތު އަބްދުއް ސައްތާރު، ސާޔާ / ހއ. ހޯރަފުށި
8. ހުސައިން މުހައްމަދު، ސަބްނަމްގެ / ހދ ހަނިމާދޫ
9. ޝިފްލާ ހުސައިން، ގްރީންހެވަން / ހއ. ހޯރަފުށި
10. މަރިޔަމް އަބްދުލް މުހުސިން، އައިވަންހައުސް / ހއ. ހޯރަފުށި
11. މަރިޔަމް މާޔާ، ސާޔާ / ހއ. ހޯރަފުށި
12. ޝިފްލާ އަހްމަދު، ޝިރޯ / ހއ. ހޯރަފުށި
13. ހަމީދާ މުހައްމަދު، ގްރީންގްރާސް / ހއ. ހޯރަފުށި
14. ހައްވާ ނާޝިދާ، ހިކިފިނިފެންމާގެ / ހއ. ހޯރަފުށި
15. އަބްދުއް ރަޝީދު އުސްމާން، ފޯޅަވަހި / ހއ. ހޯރަފުށި
ހޯރަފުށީ ޕްލާންޓުން ގިނަ ބަޔަކު ވަޒީފާ އިން ވަކި ކުރުމާއި ގުޅިގެން ހޯރަފުށީ ކައުންސިލްގެ ނައިބު އަހުމަދު އިމްދާހު ވިދާޅުވީ ހޯރަފުށީ ދާއިރާގެ އެމްޕީ އަލީ މޫސަގެ އުންމީދީ ބަދަލުތަކުން ރައްޔިތުންނަށް ލިބެމުން އަންނަ ސަޕްރައިޒްތައް މިއީ ކަމަށެވެ.
ގަސްތުގަ ރައްޔިތުންނަށް ދޭ އަނިޔާ ބަލައެއް ނުގަނެވޭވެ! ދޮގާ މަކަރާ ރައްޔިތުން ކުރިމަތީ ހަދާފަ ވެރިކަމަށް އައިސް ރައްޔިތުންނަށް އަނިޔާވެރިވުން ނޫން އިތުރު އެއްސް ކަމެއް ނުކުރޭ
ހއ. ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލާ އެތަނުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާތީވެ އެކަމާއި ނުރުހުން ފާޅުކުރުމުގެ ގޮތުން ހޯރަފުށީގައި މިފަހުން ވަނީ މުޒާހަރާކޮށް އެ ދާއިރާގެ މެންބަރު އަލީ މޫސާ އަދި ރައީސް ޑރ. މުއިއްޒުގެ އިސްތިއުފާ އަށް ވެސް ގޮވާފައި އެވެ.
ދޮގު ހެދުމާއި އޮޅުވާލުން އާންމު ކަމަކަށް ހަދާފައިވާ ކަމަށް ގިނަ ބަޔަކު ބުނަމުންދާ މުއިއްޒުގެ ސަރުކާރުން ވެރިކަމަށް އައި އިރު ވައުދު ވެފައިވަނީ އެއްވެސް ރަށެއްގައި ހިނގަމުންދާ އެއްވެސް މަޝްރޫއެއް ނުހުއްޓާނެ ކަމަށާއި، އަދި ފަށަން ނޭނގިފައި އޮތް މަޝްރޫއެއް ވެސް ނުހުއްޓާނެ ކަމަށެވެ.
އަދި ސަރުކާރަށް ރުހުނަސް ނުރުހުނަސް ވަޒީފާތަކުން ސިޔާސީ ބޭނުމަށް މީހުން ވަކިނުކުރާނެ ކަމަށެވެ. ނަވެސް ރައީސް މުއިއްޒުގެ ބަހާއި އަމަލު ދިމާ ނުވާކަން ހޯރަފުށި ހިމެނޭހެން މުޅި ރާއްޖެ އިން މިއަދު އެދަނީ ފެންނަމުން ނެވެ.