April 3, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އިރާނަށް ހަމަލާ ދިނުމަށް ބޭނުންކުރި ދެ ނިޒާމެއް ފަޅާއަރައިފި

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 26, 2025, 10:07 PM
މާލެ ސިޓީ

އިރާނަށް ހަމަލާ ދިނުމަށް ސަހްޔޫނީންއިން ބޭނުންކޮށްފައިވާ ދެ ނިޒާމެއްގެ ސިއްރުތަކެއް ހާމަވެއްޖެއެވެ.

Advertisement

ސަހްޔޫނީންގެ އަސްކަރީ ކުންފުންޏެއް ކަމަށްވާ ސީއާރު ކާސްޓިންގ އެގްޒެކްޓް އަށް ދިން ސައިބަރ ހަމަލާއެއްގައި ސަހްޔޫނީންއިން ހަނގުރާމައިގައި ބޭނުންކުރާ މުހިންމު ދެ އަސްކަރީ އުފެއްދުމަކާ ގުޅުންހުރި ސިއްރު ލިޔެކިޔުންތަކެއް ފަލަސްތީނުގައި ހަރަކާތްތެރިވާ ސައިބަރ ސަޕޯޓް ފްރަންޓް އަށް ފަޅާއަރައިފިއެވެ.

އޭގެ ތެރޭގައި ހިމެނެނީ ދުރު ރާސްތާއަށް ސީދާކަމާއެކު ހަމަލާދިނުމަށް ބޭނުންކުރާ ޓާގެޓް ދެނެގަތުމުގެ ނިޒާމެއްކަމަށްވާ ހައްޓޮރިކްސް އަދި ފަސްވަނަ ޖީލުގެ ހަނގުރާމަތަކުގައި ބޭނުންކުރާ މިސައިލަށް ސީދާކަމާއެކު މަގުދައްކާ ނިޒާމެއްކަމަށްވާ ސްޕައިކް-އެލްއާރު2 އާ ބެހޭ މައުލޫމާތެވެ.

މި ދެ ނިޒާމުވެސް ވަނީ ޣައްޒާއަށާއި، ލުބްނާނަށާއި، އީރާނުގެ ސަރަހައްދަށް މިފަހުން ޔަހޫދީން ދިން ހަމަލާތަކުގައި ބޭނުންކޮށްފައި ކަމުގައި އަސްކަރީ-ސަލާމަތީ ތަޖުރިބާކާރުން ވިދާޅުވެފައި ވެއެވެ.

މި ލިޔެކިޔުންތައް ސައިބަރ ސަޕޯޓް ފްރަންޓް އިން ހޯދާފައިވަނީ ސީއާރު ކާސްޓިންގ އެގްޒެކްޓްގެ މުޅި ޑޭޓާ ތެރެއަށް ވަދެގަނެގެންނެވެ. މި ސައިބަރ އޮޕަރޭޝަނަކީ ސަހްޔޫނިންގެ އަސްކަރީ ބާރު ނައްތާލުމަށް ކުރާ މަސައްކަތުގެ ތެރެއިން ބައެކެވެ.

ސައިބަރ އިސްނާދު ފްރަންޓް ކިޔާ ޖަމާއަތަކުންވަނީ މީގެ ކުރިންވެސް ވަނީ ސަހްޔޫނިންގެ އަސްކަރީ ކުންފުންޏެއްގެ ހުރިހާ އޮޕަރޭޝަނަލް ނިޒާމްތައް ހުއްޓުވައިލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved