

މި މަހުގެ 13، ގައި ސަހްޔޫނީން އިސްވެ އިރާނަށް ދިން ހަމަލާތަކާއެކު ފެށިފައިމިވާ ހަނގުރާމައިގެ ހަމަލާ ބަދަލުކުރުން ހުއްޓާލަން މިއަދު ހެދުނު ވަނީ އެއްބަސް ވުމެް އެކުލަވާލާފައެވެ.
ވީއިރު މިއެބަސް ބުން އުވާލާ އަނެއްކާވެސް ދެ ގައުމުން ހަމަލާ ބަދަލުކުރަން ފަށައިފި އެވެ.
ހަމަލާތައް ހުއްޓާލި ފަހުން ފުރަތަމަ ހަމަލާ ދިނީ އިރާނުން ކަމުގައި ސަހްޔޫނީންއިން ތުހުމަތު ކުރެއެވެ.
ނަމަވެސް، އިރާނުން ވަނީ އެއްބަސްވުމުގެ ފަހުން ސަހްޔޫނީންއަށް ހަމަލާ ދީފައި ނުވާނެ ކަމަށާއި ހަމަލާދިން ކަމަށް ބުނެ ސަހްޔޫނީން އިން ހަދަނީ ދޮގު ކަމަށް ބުނެފައެވެ.
މި ހަމަލާތަކުގެ ބަދަލުގައި އިރާނުގެ ވެރިރަށް ޓެހެރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ތައްޔާރުވަމުންދާ ކަމަށް ސަހްޔޫނީންގެ ޑިފެންސް މިނިސްޓަރު އިސްރާއިލް ކާޒް ވަނީ ބުނެފަ އެވެ. އޭނާ ބުނިގޮތުގައި އިރާންއިން ސުލްހައިގެ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށާއި އެކަމުގެ ބަދަލު ސަހްޔޫނީންއިން ހިފާނެ ކަމަށެވެ.
މި ހަނގުރާމަ ފެށީ އިރާނުން ނިއުކްލިއާ ހަތިޔާރު ހެދުމަށް ތައްޔާރުވަމުންދާ ކަމަށް ބުނެއެވެ.
މި ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން އާދިއްތަ ދުވަހު ވަދެ އިރާނުގެ ފޯޑޯ، ނަޓަންޒު އަދި އިސްފަހާނުގައި ހުރި ނިއުކްލިއާ ފެލިސިޓީތަކަށް ހަމަލާދީފަ ވެއެވެ.
ހަމަލާތަކުގައި ސަހްޔޫނީންގެ މައިގަނޑު އަމާޒަކަށްވެފައި ވަނީ އަސްކަރީ މަރުކަޒުތަކާއި ނިއުކްލިއާ ސައިޓުތަކަށެވެ. ނަމަވެސް އާންމުން އުޅޭ ސަރަހައްދުތަކަށާއި، ދައުލަތުގެ ޓީވީ ސްޓޭޝަނަށް ވެސް ސަހްޔޫނީންއިން ހަމަލާދީފައި ވެއެވެ.