theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ބްރޮޑްކޮމް ކޮމިޝަން / ސޯޝަލް މީޑިއާ
ހަބަރު
ބޮްރޮޑްކޮމްގެ އައިޓީ އޮފިސަރ ވަޒީފާއިން ވަކިކޮށްފި
Mariyam Ibrahim
މަރިޔަމް އިބްރާހިމް
26 ޖޫން 2025
މާލެ ސިޓީ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ސާވާތަކަށް ގެއްލުންދިން މައްސަލައެއްގައި ސަސްޕެންޑް ކުރި އެ ތަނުގެ އައިޓީ އޮފިސަރު އަހުމަދު ފަޒީލް، މަގާމުން ވަކިކޮށްފިއެވެ.


މިދިޔަ މޭ މަހުގެ 22 އިން ފެށިގެން އޭނާވަނީ މަގާމުގެ މަސްހޫލިއްޔަތުން ދުރުކޮށް ސަސްޕެންޑް ކޮށްފައެވެ. ފަޒީލް މަޤާމުން ދުރުކުރީ އެ ކޮމިޝަނުގެ ސާވާއަށް ދިމާވި މައްސަލައަކާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ހުރިމަކަށް ފެންނާތީ އެ ތަހުގީގަށް ކަމަށް އޭރު ބްރޯޑްކޮމްއިން ބުނެފައިވެ އެވެ

އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ފުލުހުންގެ ހޯދުންތައް މިދިޔަ ހޯމަ ދުވަހު ސިޓީއެއް މެދުވެރިކޮށް ކޮމިޝަނަށް އަންގާފައިވާ ކަމަށް އެކޮމިޝަނުގެ ރައީސް ސޮފާ ޝަފީގް ވިދާޅުވިއެވެ.

ފުލުހުން ފޮނުވި ސިޓީގައި ބުނެފަި ވާގޮތުގައި އެބޭފުޅުންގެ ތަހުގީގަށް އެ މައްސަލައިގައި ލިބިފައިވާ ހެއްކާއި ގަރީނާ އަށް ބަލާއިރު އެ މައްސަލައިގައި ހިމެނޭ އަމަލަކީ ގަސްދުގައި، ގެއްލުމެއް ދިނުމަށް ކޮށްފައިވާ އަމަލެއް ކަމަށެވެ.

އެހެންކަމުން، ވަޒީފާއާ ބެހޭ ގާނޫނުގެ 23 ވަނަ މާއްދާގެ "ށ" ގެ އެއް ވަނަ ނަންބަރާ ހަވާލާދީ، ނޯޓިސް ދިނުމަކާ ނުލައި ފަޒީލް އިއްޔެގެ ވަގުތެއްގައި ވަޒީފާއިން ވަކިކޮށްފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved