March 28, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލަން މެދުވެރިވި ސަބަބެއް އޮންނާނެ: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 27, 2025, 03:28 AM
މާލެ ސިޓީ

ސިވެކްގެ ލޭންޑިން ކްރާފްޓެއް ކަމަށްވާ އެލްސީ 308 ބަންޑުން ޖަހާލަން މެދުވެރިވި ސަބަބެއް އޮންނާނެ ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ބުރާސްފަތި ދުވަހުގެރޭ ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ކަނޑު ދަތުރުފަތުރުގެ މައްސަލަތަކުގައި އެންމެ ބޮޑަށް ސަމާލު ވާނެ ބަޔަކީ އެމްއެންޑީއެފް ކަމުގައި ޤަބޫލުފުޅު ކުރައްވާ ކަމަށާއި، ވީއިރު މިފަދަ ހާދިސާއެއް ދިމާވާން މެދުވެރި ވާން ޖެހޭ ސަބަބެއް އޮންނާނެކަން ގަބޫލު ކުރެވޭ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މައުލޫމާތު ލިބިފައި ވާގޮތުގައި މުދާ އުފުލާ މި ލޭންޑިން ކްރާފްޓަކީ ބާވެފައި ވާއެއްޗެއް ކަމަށެވެ. އެހެންކަމުން ރައީސް ޔާމީން ވިދާޅުވީ ހިނގައި ދިޔައީ ހިތާމަވެރި ހާދިސާއެއް ކަމަށާ އެކަމުގައި ސުވާލު އުފެދޭ ކަންކަން އެބަހުރި ކަމަށެވެ.

އެގޮތުން އެމަނިކުފާނު ވަނީ ކަނޑުގެ އުޅަނދުތަކުގެ ސީވާދިނަސް ކޮށް ރެންޑަމްކޮށް އަރާ ބަޔަކީ އެމްއެންޑީއެފަށްވާއިރު މި ލޭންޑިން ކްރާފްޓު އެންމެ ފަހުން ޑްރައި ޑޮކް ކުރީ ކޮން އިރަކުތޯ ސުވާލުކުރައްވާފައެވެ.

އާދަޔާ ހިލާފަށް ކަނޑު ގަދައިއްޔާ އެމްއެންޑީއެފް އިން އެންމެ ސަމާލު ވާނީ، ރެޑް އެލާޓާއި ޔެލޯ އެލާާޓާާއި ހުރިހާ ކުލައެއްގެ އެލާރޓް އިނގޭތޯ، ކަނޑު މަގުން ދުއްވާ އެއްޗިހީގެ ސީވާ ދިނަށް ޗެއްކުރަން ދޭތެރެ ދޭތެރެއިްނ ރެންޑަމް ކޮށް ނަމަވެސް އަރާނީ އެމްއެން ޑީއެފް ސޯ ވަޓް ރިއަލީ ހެޕެންޑް؟

ރައީސް ޔާމީން

އެމަނިކުފާނު ވިދާޅުވީ މިހާދިސާއަކީ ވަރަށްވެސް ހިތާމަވެރި ހާދިސާއަކަށް ވީއިރު މިކަމާ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ހަމައެހެންމެ ޤުދުރަތީ ގޮތުން ހާދިސާއެއް މެދުވެރިވާން ވެއްޖެ ނަމަ މެދުވެރި ވާނެ ކަމަށާއި، ނަމަވެސް އިންސާނުންނަށް އޮތްކަމަކީ ދިމާވެދާނެ ހާލަތަކަށް ތައްޔާރުވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved