theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ބ.ކިހާދޫ / އޭދަފުށި ޓައިމްސް
ހަބަރު
ކިހާދޫއިން ކޮންމެ 30 މިނިޓަކުން ކަރަންޓު ކެޑެނީ
Mariyam Ibrahim
މަރިޔަމް އިބްރާހިމް
28 ޖޫން 2025
މާލެ ސިޓީ

ބ. ކިހާދޫއަށް ކަރަންޓު ދިނުމަށް ބޭނުންކުރަމުން އައި ތިން އިންޖީނުގެ ތެރެއިން 250 މެގަވޮޓްގެ ދެ އިންޖީނު ހަލާކުވެ، ކޮންމެ 30 މިނެޓަކުން ރަށުން ކަރަންޓު ކަނޑަން ފަށައިފި އެވެ.

މިމައްސަލައާއި ގުޅިގެން އެރަށަށް ކަރަންޓުގެ ހިދުމަތްދެމުންދާ ފެނަކައިން ވަނީ އެރަށުގެ ރައްޔިތުންނަށް، ކޮންމެ 30 މިނިޓަކުން ކަަރަންޓު ކަނޑަން ޖެހޭ ކަން އަންގާފައެެވެ.

ކިހާދޫ ކައުންސިލްގެ ރައީސް ހުސައިން ޝާފިއު އާއި ހަވާލާދީ އަދަދު ނޫހުގައި ރިޕޯޓުކޮއްފައިވަނީ އެ ރަށުގައި ކަރަންޓުގެ ހިދުމަތް ދެމުން އަންނަ 250 މެގަވޮޓްގެ އިންޖީނު މީގެ ތިން މަހެއްހާ ދުވަސް ކުރިން ހަލާކުވެފައި ވާކަމަށެވެ. އެހެންކަމުން ކަރަންޓުގެ ހިދުމަތް ދެމުން އައީ 250 މެގަވޮޓްގެ އިންޖީނަކާއި 160 މެގަވޮޓްގެ އިންޖީނެއް ބޭނުންކޮށްގެން ކަމަށެވެ.

ޝާފިއު ވިދާޅުވީ ދެއިންޖީނުން ކުރެ އިންޖީނެއްވެސް ނިވާނުލައި ހިންގަމުން އަންނަތާ މިހާރު 3މަސް ވެދާނެ ކަމަށެވ. ނަމަވެސް ހަފްތާއަކު އެއްފަހަރު އިްނޖީނަށް ރެސްޓު ދިނުމަށް ބައިގަޑިއިރެންހާ އިރު ނިވާލާ ކަމަށްވެސްއޭނާ ބުނެފައި ވެއެވެ. ނަމަވެސް މިހާރު އެރަށުގައި ބޭނުންކުރި އެއް އިންޖީނު ހަލާކުވުމާއި ގުޅިގެން މިހާރު ކޮންމެ 30 މިނިޓަކުން ކަރަންޓު ކަނޑާލަން ޖެހިފައި ވާކަމަށެވެ.

ރަށުގައި ބޭނުން ކުރަމުން ދިޔަ ދެއިންޖީނުގެ ތެރެއިން ފުރަތަމަ އިންޖީނު ހަލާކުވުމާއި ގުޅިގެން އެމައްސަލަ ހައްލުކުރުމަށްއެދިފައިވާތާ ތިން މަށް ވެފައި ވީއިރު އެކަމަކަށޤވެސް އެއްވެސް ވަރެއްގެ ހައްލެއް ލިނިފައި ނުވާކަމަށޤވެސް ކިހާދޫ ކައުންސިލްރައީސް ވިދާޅުވެފައި ވެއެވެ.

ކޮންމެ 30 މިނެޓަކުން އެ ރަށުން ކަރަންޓު ކަނޑަން ޖެހުމަކީ އޭގެ ސަބަބުން ރައްޔިތުން ތަކުލީފުތަކަކާ ކުރިމަތިލާން ޖެހޭނެ ކަމެއް ކަމަށާއި މިމައްސަލައާއި ހުރެ ކަންބޮޑުވެލައްވާ ކަމުގައި ވެސް ޝާފިއު ވިދާޅުވި އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved