March 18, 2026
Advertisement
ބްރިޖް ހައިވޭއަށް އުދައަރާފައި
ބްރިޖް ހައިވޭއަށް އުދައަރާފައި / ސޯޝަލް މީޑިއާ

މުޅިރާއްޖެއަށް ހުދުސަމާލު، ބުރިޖްއިން ދަތުރު ކުރައްވާ ފަރާއްތަކުން ސަމާލުވާން އަންގައިފި

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 28, 2025, 09:23 PM
މާލެ ސިޓީ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި އެވެ.

Advertisement

މޫސުމާބެހޭ ޤައުމީ އިދާރާއިން (މެޓް އޮފީހުން) މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 1:30 އިން ހަވީރު 5:00 އާ ހަމައަށެވެ.

ހަމައެއާއެކު މެޓް އޮފީހުން ބުނެފައިވަނީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބައެއް ރަށްރަށަށް އުދައެރުން ވެސް އެކަށީގެންވާ ކަމަށެވެ. އެހެންކަމުން މިކަމާ ގުޅިގެން ބްރިޖާއި ހައިވޭގައި ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ. ސަލާމަތީ ގޮތުން ފުލުހުން ބުނެފައިވަނީ މިވަގުތު ތަކުގައި ދަރުރު ކުރެއްވުމަށް ހަތަރު ފުރޯޅުލީ އުޅަނދު ބޭނުން ކުރުމަށެވެ.

މެޓް އޮފީހުން ބުނެފައި ވަނީ ކުރިއަށް އޮތް 24 ގަޑިއިރަށް އުތުރާއި މެދެރާއްޖެތެރޭ އެކިހިސާބަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެން ވާކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved