ޕެނަޑޯލް / ސޯޝަލް މީޑިއާ
ހަބަރު
ޕެނަޑޯލް އަލުން ބޭނުން ކުރުމުގެ ހުއްދަ ދީފި
Fathmath Reem
ފާތުމަތު ރީމް
22 ފެބްރުއަރީ 2024
މާލެ ސިޓީ

ބުރާސްފަތި ދުވަހުން ފެށިގެން ޕެނަޑޯލް ކުރި އެކޭ އެއްގޮތަށް ވިއްކުމާއި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފިއެވެ.

އެމްއެފްޑީއޭ އިން ހާމަކޮށްފައިވާ ގޮތުގައި ފެނަޑޯލްގެ 500 މިލިގުރާމް ގެ ގުޅަ ބޭހުން ކޮލިޓީ މައްސަލައެއް ފާހަގަވެފައިވާތީ އެ އޮތޯރިޓީގެ ފަރާތުން އެކަން އިތުރަށް ބެލުމުގެ ގޮތުން ލެބޯޓަރީ ތަހުލީލުތައްކޮށް ނަތީޖާ ލިބިފައިވާ ކަމަށެވެ.

އަދި އެ ތަހުލީލުތަކުގެ ނަތީޖާ ދައްކާގޮތުގައި ޕެނަޑޯލް ބްރޭންޑުގައި ހުންނަންޖެހޭ މިންވަރަށް ބޭހުގެ ސްޓްރެންތު ހުރިކަން ޔަގީން ކުރެވިފައިވާ ކަމަށްވެސް އެ އޮތޯރިޓީ އިން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުުން އެމްއެފްޑީއޭ އިން ހާމަކޮށްފައިވާ ގޮތުގައި އޭރު ޕެނަޑޯލް ބޭހުން ފާހަގަވި މައްސަލަ ދިމާވާން މެދުވެރިވީ ބޭސް އުފުލާ ގެންގުޅުމުގައާއި ގުދަންކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތަކަށް ހިފަހެއްޓިފައި ނުވުމުގެ ސަބަބުން ކަމަށެވެ.

އެ މައްސަލަ ފާހަގަކުރެވުނު ބެޗް މާކެޓުގައި ނެތްކަން ވެސް ކަށަވަރު ކުރެވިފައިވާ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

ޕެނަޑޯލްގެ ވަކި ވައްތަރެއް ވިއްކުމާއި ބޭނުންކުރުން މަނާ ކޮށްފައިވަނީ ބޭސްގުޅަތައް ފުނޑުފުނޑުވެފައި ހުންނަކަން ފާހަގަ ކުރެވިގެންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved