

ރައީސް މުހައްމަދު މުއިއްޒުއާ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ދެއިރު ދެދަޅަށް ދުނިޔެ ވަށާ ބުރު ޖެހިޔަސް ގައުމަށް ވަންނަ އިންވެސްޓެއް ނެތް ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު ރަސްމީ ދަތުރުފުޅެއް ސިންގަޕޫރަށް ފުރާވަޑައިގެންނެވި ޚަބަރުގެ ސްކްރީން ޝޮޓެއް ހިއްސާ ކުރައްވާ މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުން ނުހަނު ހާލުގައި ތިއްބާ ރައީސް މުއިއްޒުއާ އަދި މެޑަމް ސާޖިދާ ރައްޔިތުންގެ ފައިސާއިން ކޮންމެ ގޮތެއް ހަދާފައި ނަމަވެސް މަހު ދެކޮޅު ކޮންމެވެސް ގައުމަކަށް ދަތުރުކުރަން ޖެހޭ ކަމަށެވެ.
ރައްޔިތުންނަށް އާސަންދަ ނުލިބޭ. މުއިއްޒު ސާޖިދާ ދެއިރު ދެދަޅަށް ދުނިޔެވަށާ ބުރުޖެހުން. ރައްޔިތުންގެ ފައިސާގަ. pic.twitter.com/UMR7jqEAJT
— Mohamed Maleeh Jamal (@maleehjamal) June 29, 2025
އެގޮތުން ރައްޔިތުން އާސަންދަ ފަދަ އަސާސީ ޚިދުމަތްތަކުން މަހްރުމުވެފައި ތިބިއިރު މުއިއްޒު، ސާޖިދާ ދެއިރު ދެދަޅަށް ދުނިޔެ ވަށާ ރައްޔިތުންގެ ފައިސާއިން ބުރުޖެހިޔަސް މިއިން އެއްވެސް ދަތުރަކުން ޤައުމަށް ގެނެވުނު ފައިސާއެއް އިންވެސްޓްމަންޓްއެއް ނެތް ކަން ފާހަގަކުރައްވާ މަލީހު ވަނީ ނުރުހުން އަމާޒުކުރައްވާފައެވެ.
ކޮންމެ ގޮތެއް ހަދާފަވެސް މަހު ދެކޮޅު ކޮންމެވެސް ޤައުމަކަށް މުއިއްޒު ދަތުރު ކުރަންޖެހޭ. މިއިން އެއްވެސް ދަތުރަކުން ޤައުމަށް ގެނެވުނު ފައިސާއެއް އިންވެސްޓްމަންޓްއެއް ނެތް. pic.twitter.com/1y9J9jdIfm
— Mohamed Maleeh Jamal (@maleehjamal) June 29, 2025
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު މި ސަރުކާރުން ރާއްޖެއަށް އިންވެސްޓަރުން ހޯދުމުގެ ނަމުގައި ބޮޑެތި ވަފްދުތައް ގޮވައިގެން އެކި ގައުމުތަކަށް ދާދި ފަހުން ވެސް ދަތުރުކުރިއެވެ. ނަމަވެސް ގައުމަށް ވަތް އިންވެސްޓެއް ލިބުނު އެހީއެއްގެ ތަފްސީލެއް އަދި ލިބުނު ކަމެއްވެސ ްނުލިބޭކަމެއް ސަރުކާރުން ހާމަކޮށްފައިނުވެއެވެ.