March 13, 2026
Advertisement
ކުރީގެ މިނިސްޓަރު އިނާުޒު ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކުރުން
ކުރީގެ މިނިސްޓަރު އިނާުޒު ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކުރުން / ކޯޕަރޭޓް މޯލްޑިވްސް

އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިނާޒު، ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް!

Mariyam Isaadha
މަރިޔަމް އިސާދާ
Jun 30, 2025, 02:07 AM
މާލެ ސިޓީ

ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް، އެ މަގާމުގައި ކުރިން ވެސް ހުންނެވި، ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. އަހްމަދު އިނާޒް މިއަދު އައްޔަންކުރައްވައިފިއެވެ.

Advertisement

ޑރ. އިނާޒް މި މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެން ޕެންޝަން އޮފީހުން ވަނީ ސޯޝަލް މީޑިއާގައި މަރުހަބާ ކިޔައިފައެވެ.

އޭނާ މި މަގާމަށް އެންމެ ފުރަތަމަ އައްޔަން ކުރެއްވީ 2022ވަނަ އަހަރުގެ ޖޫން މަހުގެ 20ވަނަ ދުވަހުއެވެ. ދެވަނަ ފަހަރަށް މި މަގާމަށް އޭނާ އައްޔަން ކުރެއްވީ ތިން އަހަރުގެ ފުރަތަމަ ދައުރު ނިމުމުން މިއަދުއެވެ.

މިހާރު އެ ބޯޑުގައި ތިއްބެވި މެންބަރުންނަކީ

  • ޝިފާޒާ ވަޖީހު
  • ފާތިމަތު އަބްދުﷲ ކަމާލުއްދީން
  • އަޝްރަފް ރަޝީދު
  • މިޒްނާ އަހްމަދު
  • އަބްދުލްމަޖީދު އަލީ
  • އަހްމަދު ޝަރުވަޝް އާދަމް
  • މުހައްމަދު މަދީން ލަތީފް

ޑރ. އިނާޒްއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގައި މާލީ ވަޒީރުކަން ކުރެއްވި ބޭފުޅެކެވެ.

ޕެންޝަން އޮފީހުގެ ބޯޑަށް މީހުން އައްޔަން ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. ނަމަވެސް އެ ބޯޑުގެ ޗެއާޕާސަން އާއި ބޯޑު މެމްބަރުން އައްޔަންކުރަނީ ސިވިލް ސާވިސް ކޮމިޝަނާއި ފިނޭންސް މިނިސްޓްރީއާއި ސޯޝަލް ސެކިއުރިޓީގެ ކަންތައް ބަލަހައްޓާ މިނިސްޓްރީއަކުން ގުޅިގެން އުފައްދާ ކޮމިޓީއަކުން ރައީސަށް ފޮނުވާ ނަން ލިސްޓަކުންނެވެ.

އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި:

  • އިގްތިސާދީނުވަތަ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީއަށް ތައުލީމު ހާސިލުކޮށްފައިވުން
  • ޕެންޝަން ނުވަތަ އިންވެސްޓްމަންޓް ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved