March 20, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ސަރުކާރު އޮތީ ބޮޑު ތަނުން ފެއިލްވެފައި: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 30, 2025, 03:38 AM
މާލެ ސިޓީ

ސަރުކާރު އޮތީ ބޮޑުތަނުން ފެއިލްވެފައި ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މިސަރުކާރަށް ދެވަނަ ދައުރެއް ލިބިއްޖެނަމަ ރައީސް ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދޭނެ ކަމަށް ވިދާޅުވި ނަމަވެސް މިދައުރުގައި ނުވިކަމެއް ދެވަނަ ފުރުސަތެއް ގައި ވެސް ނުވާނެކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރަށް މިވީ 17 މަސްދުވަހުން ވެސް ފެންނަމުން ދަނީ ސަރުކާރު ފެއިލްވެފައިވާ މިންވަރެވެ.

ރައީސް ޔާމީން ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ޕީއެންސީގެ ވަފުދުތައް ވޯޓު ހޯދުމަށް ރަށްތަކަށް ދަތުރު ކުރަމުން ދަނީ މަޖިލިސް އިންތިޚާބު ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކުރިގޮތަށް މިފަހަރުވެސް ކާމިޔާބު ކުރުމުގެ ނިޔަތުގައި ކަމަށެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީސް އިންތިހާބު ބޮޑު އަޣްލަބިއްޔަތަކުން ކާމިޔާބުވެއްޖެ ނަމަ ފުއްދަން ވައުދުވެލެއްވި އެއްވެސް ވައުދެއް ނުފުއްދޭ ކަަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހި ރައްޔިތުންނަށް މިހާރު މި ތަޖުރިބާކުރަން ލިބުނީ ދެ ފުރުސަތު އިނގޭތޯ؟ 2 އަހަރުވާން ދާއިރު މިދެއްކި އެއްވެސް ވާހަކައަކަށް ހަމައެއްވެސް ކަމެއް ފުއްދައެއް ނުދެވޭ ހަމަ މޮޅު ވާހަކަދެއްކުން ފިޔަވާ އެހެން ކަމެއް ނުކުރެވޭ! ތި ގަރުދިޔަ ޖަގަހައިގަވެސް ހަމަ ދައްކާ ވާހަކަ ދެއްކުން ދެން އެވާހަކަ އަޑުއަހާ ބަޔަކު އެވާހަކަ ސީރިޔަސްލީ ނަގާ ހަމައެއްވެސް މީހަކު ނޫޅޭ! މިހާރު މިއަންނަނީ ކައުންސިލް އިންތިހާބު އަނެއްކާ މިހާރު ވާހަކަތަކެއް ފަށާނެ އިނގޭތޯ އެހެންވީމާ ދިވެހި ރައްޔިތުންނަށް މި ވިސްނެން އެބަޖެހޭތޯ އޭ މިހާރު މިހާތަނަށް ދިޔައިރު އެއްވެސް ވައުދެއް ނުފުއްދުނު ދެން އަނެއްކާވެސް މި ބުނަނީ! މިހާރު ބުނަން ފަށައިފި 2ވަނަ ދައުރެއް މުއިއްޒުއަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދެވޭނީ

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒުގެ މި ވާހަކަތަކުންވެސް ހާމަވެގެން ދަނީ ރައްޔިތުން އެމަނިކުފާނަށް އިތުބާރު ނުކުރައްވާކަމެވެ. ރައްޔިތުންގެ އިތުބާރު ނެތުމުން އިތުރު ފުރުސަތެއް ލިބިގެން ނޫނީ މިހާރުގެ މަންޒަރު ބަދަލުނުވާނެ ކަމަށް ހުދު ރައީސް މުއިއްޒުވެސް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެ ރައްޔިތުންނަށް ކޮށްދޭން ބުނި އެތައްކަމެއް ހުރި ކަމަށާއި އޭގެތެރޭގައި ދަރަނި ފިލުވުމާއި ބޭރުފައިށާ ހޯދުމުގެ އިތުރުން ޑޮލަރުގެ އަގު ތިރިކުރުމާއި މިކަހަަލަ އެތައް ވާހަކައެއް ދައްކާފައިވާއިރު މިވީ 17 މަސްދުވަހުގައި ފެށުނު އެއްކަމެއްވެސް ނެއްކަމަށެވެ. އެހެން ކަމުން މިވަރުން ވެސް ސަރުކާރު ފެއިލް ވެފައިވާ މިންވަރު ހާމަވެގެން ދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved